ads
މަސްވެރިކަމާބެހޭ ވަޒީރު ޝިޔާމް
ސްޕޯޓްސް ފިޝިންގްއާބެހޭ ވޯކްޝޮޕެއް
މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މަސައްކަތު ބައްދަލުވުމެއް ބާއްވާފައިފިއެވެ.
Advertisement

މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި މަސައްކަތު ބައްދަލުވުން ފަށްޓަވައި ދެއްވީ މަސްވެރިކަމާބެހޭ ވަޒީރު ވަޒީރު އަޙްމަދު ޝިޔާމްއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުވުމުގެ މަޤުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމެވެ. މި ބައްދަލުވުމަކީ މި މިނިސްޓްރީ އާއި، ވޯރލްޑް ބޭންކުގެ އެހީގައި މި މިނިސްޓްރީން ކުރިއަށް ގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތް - ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން އިންތިޒާމު ކުރެވުނު ބައްދަލުވުމެކެވެ.

ސްޕޯޓްސް ފިޝިންއާ ގުޅޭ ވޯކްޝޮޕެއް މިއަދު ފެށިއިރު، ސްޕޯޓްސް ފިޝިންގ ބަނދަރުތަކެއް ގާއިމުކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯގެ މަސްވެރިކަމާބެހޭ ޗެޕްޓަރގެ 3.5 ގައި ހިމަނައިފައިވާ ވަޢުދެކެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުން ލިބިގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް