ads
އީ އީ-ވޭސްޓް ހެކަތޯން އިފްތިތާހު ކުރުމުގެ ތެރެއިން
އީ-ވޭސްޓް ހެކަތޯން އިއުލާނުކޮށްފި
ރާއްޖޭގައި އިލެކްޓްރޯނިކް ކުނީގެ މައްސަލައަށް ހައްލު ހޯދުމަށް ޒުވާނުން މެދުވެރިކޮށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށްވާ އީ-ވޭސްޓް ހެކަތޯން، ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ)ން މިއަދު އިއުލާނުކޮށްފި އެވެ.
Advertisement

ދިރާގު، އެންވަޔަރަންމަންޓް މިނިސްޓްރީ، ވެމްކޯ، އައިއީއީއީ މޯލްޑިވްސް ސަބްސެކްޝަން އަދި އައިސީއީއެސްޓީ 2025 އާ ގުޅިގެން މި ހެކަތޯން ބާއްވަނީ މި މަހު 28 އިން އަންނަ މަހު 7 އަށެވެ.

އެމްއެންޔޫއިން ބުނާ ގޮތުގައި މި ހެކަތޯންގައި މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި މި ހެކަތޯންގައި ބައިވެރިވާން ބޭނުންވާ ފަރާތަކުން އޮންލައިން ފޯމް ފުރުމުން ބައިވެރިވެވޭނެ ކަމުގަ އެވެ.

 އެމްއެންޔޫން ބުނީ މި ހެކަތޯނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި އިތުރުވަމުންދާ އިލެކްޓްރޯނިކް ކުނީގެ މައްސަލައަށް އަމަލީ، ފުޅާކުރެވިދާނެ އަދި އުފެއްދުންތެރި ހައްލުތައް ހޯދުން ކަމަށާއި ދިވެހި ޒުވާނުންގެ މެދުގައި އާ އީޖާދުތައް ކުރުމާއި ތިމާވެށްޓަށް ޒިންމާދާރުވުމުގެ ރޫހު އާލާކުރުމަށް މި ހެކަތޯނުން މަގުފަހިކޮށްދޭނެކަމަށެވެ.

މި ހެކަތޯނުގައި ބައިވެރިވުމަށް ހައިސްކޫލް، ކޮލެޖު އަދި ޔުނިވަސިޓީ ދަރިވަރުންނާއި އާ އީޖާދުތައް ކުރާ ޒުވާނުންނާއި ތިމާވެށްޓަށް ލޯބިކުރާ ފަރާތްތަކަށް ވަނީ ދައުވަތު ދީފައި ކަމަށާއި ބައިވެރިންނަށް 3 އިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ އެކި ދާއިރާތަކުގެ ޓީމުތަކުގައި މަސައްކަތްކުރެވޭނެ ކަމަށް އެ ޔުނިވާސިޓީ އިން ބުނެ އެވެ. 

މި ޓީމުތަކުގައި ޓެކްނޮލޮޖީ، ޑިޒައިން، އިންޖިނިއަރިން އަދި ދެމެހެއްޓެނިވި ގޮތްތަކުގެ ހުނަރުތައް އެއްކޮށް، އީ-ވޭސްޓް ރީސައިކަލްކުރުމާއި އަލުން ބޭނުންކުރުމާއި އާންމު ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ މުހިންމު މައްސަލަތަކަށް އަމާޒުކޮށް މަސައްކަތްކުރާނެކަމަށް އެމްއެންޔޫއިން ބުނެ އެވެ. 

މި ހަރަކާތުގައި ތިމާވެށީގެ ދެމެހެއްޓެނިވި ގޮތްތަކާއި ކުނި މެނޭޖްކުރުމާއި އާ އީޖާދުތަކާ ބެހޭ މާހިރުން ކުރިއަށްގެންދާ ވޯކްޝޮޕްތަކާއި ޓީމުތަކަށް އައިޑިއާ ނެރުމާއި ތަރައްގީކުރުމުގެ މަރުހަލާގައި އެހީތެރިވެދޭ މެންޓަޝިޕް ސެޝަންތައް ހިމެނޭ ކަމަށާއި ބައިވެރިންނަށް ރާއްޖޭގެ ކުނި މެނޭޖްކުރާ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު ލިބޭމުގެ އިތުރުން ހެކަތޯން ނިންމާލުމުގެ ގޮތުން، ބައިވެރިން އެ މީހުންގެ ހައްލުތައް ފަނޑިޔާރުންގެ ޕެނަލަކަށް ހުށަހަޅައި ފައިނަލް ޕްރެޒެންޓޭޝަންތައް ދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ޔުނިވާސިޓީއިން ފާހަގަ ކޮށްފައި ވެ އެވެ.

މި މުބާރާތް ކާމިޔާބުކުރާ ޓީމުތަކަށް ފައިސާގެ އިނާމު ދިނުމުގެ އިތުރުން، އެ ޓީމުތަކުގެ އުފެއްދުންތެރިކަމާއި އަމަލީ ގޮތުން ކުރެވިދާނެ މިންވަރާއި ފުޅާކުރެވިދާނެ މިންވަރާއި ތިމާވެށްޓަށް ކުރާނެ އަސަރަށް ބަލައި އެކަން ފާހަގަކުރާނެ ކަމަށް އެމްއެންޔޫން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް