ads
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން
މީޑިއާ ބިލް އަލުން ދިރާސާކުރަން ކޮމެޓީން ތާވަލްކޮށްފި
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކުރުމަށްފަހު އެ ބިލު އަލުން ދިރާސާކުރަން އެ ކޮމިޓީން އަލުން އެޖެންޑާކޮށްފިއެވެ.
Advertisement

ނޫސްވެރިންގެ ކަންބޮޑުވުންތައް އޮއްވާ ކޮމެޓިން އިއްޔެ ވަނީ ބިލު ފާސްކޮށްފައެވެ. އަދި މިއަދު އެ ބިލަށް މަޖިލީހުގެ ތަޅުގައި ވޯޓަށް އަހަންވެސް އޮތީ ނިންމަފައެވެ. 

ބިލާ މެދު ގޮތެއް ނިންމަން ވޯޓަށް އަހަން ކޮމެޓީގެ އިއްޔެގެ ބައްދަލުވުމުގައި މުގައްރިރު ގުރައިދޫ ދާއިރާގެ ޕީއެންސީ މެމްބަރު ހުސައިން ރިޒާ ނިންމެވުމުން އެމްޑީޕީގެ މެމްބަރު މީކާއީލް އަހުމަދު ނަަސީމް އެކަމާ ދެކޮޅަށް އަޑު އުފުލެއްވިއެވެ. އޭނާ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރީ  ނޫސްވެރިން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޕެޓިޝަނެއް ހުށައަޅާފައި ވަނިކޮށް  އެ ޕެޓިޝަނަށް ރިއާޔަތް ނުކޮށް ބިލަށް ވޯޓަށް އަހާތީ އެވެ.

މީޑިއާ ބިލު އޮތީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގޮތަށް ކަމަށް ވާތީ ނޫސްވެރިން ގެންދަނީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. މިއަދު ވެސް ނޫސްވެރިން ދަނީ މަޖިލިސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް