ads
އޮލިވްގާޑްން ރެސްޓޯރަންޓް
އޮލިވްގާޑްން އިން، ދެ އަހަރުވަންދެން ވަގަށް ކޭ މީހަކު ޖަލަށް
އޮލިވް ގާޑަންއަށް ފޭކް ސްލިޕް ފޮނުވައިގެން ދެ އަހަރެއްހާ ދުވަސްވަންދެން، 115,000ރ. ގެ ތަކެތި ކެއި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.
Advertisement

ދެ އަހަރެއްހާ ދުވަސްވަންދެން، ފޭކް ސްލިޕް ފޮނުވައިގެން އޮލިވްގާޑްންއިން ކޭ މީހާގެ މައްޗަށް އިއްވީ ނުވަ މަހަށް ޖަލަށް ލުމަށާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގޭ ބަންދުކުރުމަށެވެ. އެ މައްސަލަ ސާބިތުވީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލްގެ މައްޗަށެވެ.

ދައުލަތުން މި މައްސަލައިގައި ފަޒީލްގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ، މަރަކާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނީ އޮގަސްޓް 22، 2019 އިން ފެށިގެން އޮކްޓޯބަރު 25، 2021 ގެ ނިޔަލަށް އެކި ދުވަސް މަތިން އޭނާ އޮލިވް ގާޑެން ރެސްޓޯރެންޓުން ކާ ތަކެތި އޯޑަރުކޮށް، ކާ ތަކެތި ބަލައިގަނެފައިވާ ކަމަށެވެ. އޭނާ އެ ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން އަސްލު ބިލުގައިވާ ފައިސާއަށް ވުރެ މަދުން ފައިސާ ފޮނުވާފައިވާ ކަމަށާއި ސައްހަ ނޫން ސްލިޕް ހަދައިގެން ވެސް ވައިބާ މެދުވެރިކޮށް އެ ރެސްޓޯރެންޓަށް ސްލިޕް ފޮނުވާ ކަމަށް އެ ހުކުމްގައި ބުންޏެވެ.

ފަޒީލް ވަނީ ކޯޓުގައި އެ ދެ ދައުވާ އަށް ވެސް އިއުތިރާފުވެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް