ads
ޖޭއެސްސީގެ މިހާރުގެ އާއްމު މެންބަރު އުއްމު ކުލްސޫމް
ޖޭއެސްސީއަށް އާއްމުންގެ ތެރެއިން ކުރިމަތިލީ މީހުންގެ ނަންތައް ދިރާސާކުރަނީ
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ނަންތައް ދިރާސާ ކުރަން ކޮމިޓީއަށް މާދަމާ ފޮނުވަން ތާވަލުކޮށްފިއެވެ.
Advertisement

ޖޭއެސްސީއަށް އާއްމުންގެ ތެރެއިން މީހަކު ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިހާރު އޮތީ ހަމަވެފައެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ އެ މަގާމުގައި މިހާރު ހުންނެވި އައިމިނަތު އުއްމުކުލްސޫމްގެ ދައުރު އަންނަ އޮގަސްޓް މަހު ހަމަވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެޖެންޑާގެ އެންމެ ފުރަތަމަ އައިޓަމަކަށް އޮތީ ޖޭއެސްސީއަށް ކުރިމަތިލީ މީހުންގެ ނަންތައް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމެވެ. ޖޭއެސްސީއަށް ކުރިމަތިލީ މީހުންގެ ނަންތައް އަދި އާއްމު ނުކުރެއެވެ. މާދަމާގެ ޖަލްސާގައި އެ ނަންތައް އާއްމު ކުރާނެއެވެ.

ޖޭއެސްސީގެ މެމްބަރަކު ކަމުގައި ހުރެވޭނީ ފަސް އަހަރުގެ މުއްދަތަކަށެވެ. އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިވެއްސަކަށްވުމާ އެކު އުމުރުން 30 އަހަރުވުމާއި އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްުޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކަށް ނުވުމެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެކެވެ.

ޖޭއެސްސީ އަށް ހޮވާނެ ބޭފުޅަކު ކަނޑައަޅާނީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީގައި ތިބޭނީ އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރަކާއި މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް