ads
ހއ. އުލިގަމުގެ މަންޒަރެއް. ފޮޓޯ: ޒުވާން މަސްވެރިޔާގެ އުތުރުން ދެކުނަށް ސީރީޒްގެ ތެރެއިން
މިދިޔަ 24 ގަޑިއިރު ހޭދަކުރި ގޮތް ބަލަން ސާވޭއެއް ހަދަނީ
ރާއްޖޭގައި މީހުން ވަގުތި ހޭދަކުރާ ގޮތް ބެލުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނިންމައިފިއެވެ.
Advertisement

އެ ބިިއުރޯއިން ބުނީ މި ސާވޭގެ ކަންކަން ކުރިޔަށް ދާނީ މާދަމާ މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައިކަމަށެވެ. އަދި މި ސާވޭކުރަން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ގެތަކަށް ބިއުރޯގެ ސްޓާފުން ސުވާލު ކަރުދާހެއް ހިފައިގެން ގޮސް އިންޓަވިއުކުރާނެކަަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ.

މައުލޫމާތު ނަގަން ގޭގެއަށް ޒިޔާރަތްކުރާ ބިއުރޯގެ ޓީމުތައް ތިބޭނީ އެ ބިއުރޯގެ ރަސްމީ ފާސް އަޅައިގެންކަމަށާއި ސުވާލުކޮށް އިންޓަވިއު ކުރާނީ ޓެބްލެޓް މެދުވެރިކޮށްގެންކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނެއެވެ. އެހެންކަމުން އެ ޓީމްތަކަށް ގޭބިސީތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް ސްޓެޓިސްޓިކްސް ބިއުރޯއިން އެދެއެވެ. 

މި ސާވޭގައި މައުލޫމާތު ނަގާނެ ކަންކަން 

  • 24 ގަޑިއިރުގެ ތެރޭގައި ކުރި ކަންކަން 
  • އެކި ކަންތައް ކުރިއިރު ހުރި ތަން
  • ކުޑަކުދިން ނުވަތަ ދުވަސްވީ މީހުން ބެލުމުގައި ހޭދަކުރި ވަގުތު 

މި ސާވޭއިން އެއްކުރެވޭ މައުލޫމާތުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާއި ގުޅޭ އިންޑިކޭޓަރުތައް އަދި ޓައިމް ޔޫސް ސްޓެޓިސްޓިކްސްއެކުލަވާލެވޭނެކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ބުނެއެވެ. 

މި ސާވޭއެއް އިން އެއްކުރެވޭ ވަކިވަކި ފަރުދުންގެ މައުލޫމާތުތަކީ ސިއްރެއްގެ ގޮތުގައި ރައްކާކުރެވޭނެ އެއްޗެހިކަމަށް ބިއުރޯއިން ބުނެއެވެ. އެހެންކަމުން ގޭބިސީންތަކުން މީހުންނާއި ބައްދަލުކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖައްސާދިނުމަށް ބިއުރޯއިން ވަނީ އެދިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް