
ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް ދިޔަ ގިނަ ބަޔަކު ވަނީ ހިދުމަތްތައް ލަސްވެގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެގޮތުން ޑޮކްޓަރަށް ދެއްކުން ވަރަށް ލަހުން ކުރިއަށްދިޔުމާއި ލެބޯޓަރީގެ ހިދުމަތެއް ނުލިބުން ބައެއް މީހުން ފާހަގަކޮށްފައިވެއެވެ. އަދި ހިދުމަތް ހޯދަން ދިޔަ މީހުން ކިޔުތައް ދިގުވެ މީހުން ތޮއްޖެހިފައިވާކަން ބައެއް މީހުން ފާހަގަކުރުއެވެ.
ހޮސްޕިޓަލްގެ ހޮޓްލައިން އިން ބުނީ ނެޓްވޯކް މައްސަލައެއް ދިމާވެފައިވާތީ ހުރިހާ ހިދުމަތެއް ވެސް ލިބުން މިވަގުތު ލަސްވެގެންދާނެ ކަމަށެވެ. އަދި ނެޓްވޯކަށް މައްސަލަ ދިމާވެފައިވާރާ އެތައް އިރެއް ވެފައިވާކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލްގެ ހޮޓްލައިން އިން ބުނެއެވެ.
މީޑިއާގައި ވާހަކަ ދައްކަމުން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ބުނީ ހޮސްޕިޓަލްގެ ނެޓްވޯކަށް ދިމާވި މައްސަލައެއްގައި ބައެއް ހިދުމަތްތައް ލަސްވި ނަމަވެސް ހުރިހާ ހިދުމަތެއް ވެސް ލިބޭމުން ދާނެކަމަށެވެ. އެގޮތުން ގިނަ ހިދުމަތްތަކަށް މެމޯ ހަދަމުން އަންނަނީ މެނުއަލްކޮށްކަމަށް މީޑިއާ އޮފިޝަލް ބުނެއެވެ. އަދި ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
މިދިޔަ މަހުގެ 27 ވަނަ ދުވަހުވެސް ހުޅުމާލެ ހޮސްޕިޓަލުން ކަރަންޓް ކެނޑި އެ ހޮސްޕިޓަލްގެ ހިދުމަތް ގާތްގަޑަކަށް 24 ގަޑިއިރަށް މެދުކެނޑި އެހެން ތަނަކުން ހިދުމަތް ދޭން ޖެހުނެއެވެ. އެފަހަރު އޯޕީޑީގެ ހިދުމަތް ދިނީ ހުޅުމާލެ ފޭސް ދޭއް ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކުންނެވެ.