ads
މާފަރު އެއާޕޯޓް ހުޅުވުމުގެ ތެރެއިން
ރައީސް ދަތުރު ކެންސަލްކުރުމުން މާފަރު އެއާޕޯޓް ހުލުވާދިނީ މިނިސްޓަރުން
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ނިންމާ ރަސްމީކޮށް ހުޅުވައިފިއެވެ.
Advertisement

މާފަރު އެއާޕޮޓް ހުޅުވުމަށް މިއަދަު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ގޮތަށް ކުރުން އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އެހެންނަމަވެސް އެމަނިކުފާނު ނ. އަތޮޅަށް ކުރައްވަން ނިންމެވި ދަތުރުފޔުޅު ކުއްލިއަކަށް ކެންސަލް ކުރުމުން މާފަރު އެއާޕޯޓް ހުޅުވާދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. 

މާފަރު އެއާޕޯޓް ތަރައްގީގެ ދެވަނަ ފިޔަވަހި ނިންމާ އެ ތަން ހުޅުވުމަށް އެއާޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓެވެ. މި ބޯޓަށް މަރުހަބާ ކިއުމަށް ވޯޓާ ސެލިއުޓްއެއް ވަނީ ދީފައެވެ.  

މާފަރު އެއާޕޯޓްގެ މަސައްކަތް ފަށާފަވަނީ 23 ޖެނުއަރީ 2018ގައެވެ. އެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ ކޮމާޝަލް ދަތުރުތައް ފެށީ 2019ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުއެވެ.

your imageމާފަރު އެއާޕޯޯޓްއަށް މޯލްޑިވިއަންގެ ވައިޑްބޮޑީ މަތިންދާބޯޓް ޖައްސަނީ 

ނ. މާފަރު އިންޓާނޭޝަނަލް އެއާޕޯޓު ރަންވޭ ބޮޑުކޮށް، އަޕްގްރޭޑްކުރުމަށް ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާ ހަވާލުކުރީ މިދިޔަ ސަރުކާރުން 2022 ވަނަ އަހަރުއެވެ. 

އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓުން ފޯރުކޮށްދޭ މާލީ އެހީއެއްގެ ދަށުން ކުރިއަށްގެންދިޔަ މި މަޝްރޫއުގައި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައި  މިހާރު ބޭނުންކުރާ ރަންވޭއަށް 650 މީޓަރު އިތުރުކުރުމާއި، ސްޓްރިޕް ފުޅާކުރުމަށްޓަކައި ބިން ހިއްކުމާއި ގޮނޑުދޮަށް ހިމާޔަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިހާރު ބޭނުންކުރާ ރަންވޭ ޕޭވްމަންޓް އަޕްގްރޭޑްކުރުމާއި ޓެކްސީވޭ ފުޅާކުރުމާއި އޭޖީއެލް އަޕްގްރޭޑްކޮށް ޕަވާ ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށްދާނެކަމަށް ޕްލޭނިން މިނިސްޓްރީން ކުރިން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް