ads
މެންބަރު ހުސެން ޝަރީފް
ފަނޑިޔާރުގެ މިނިވަންކަމަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ހުސެއިން ޝަރީފް ކަންބޮޑުވުން
ފަނޑިޔާރުގެއަށް އެކި ދިމަދިމާލުން ނުފޫޒު އަންނަކަމަށާއި، ސުލޫކީ މިންގަނޑުތަކުން ބަލާއިރު މިދިޔަ ސަރުކާރުގައި 59 ފަނޑިޔާރަކަށް ފިޔަވަޅު އަޅާފައިވާކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން، މެމްބަރު ޝަރީފް ވިދާޅުވީ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު މަސައްކަތްކުރަން ބޭނުންވާ ގާބިލް ފަނޑިޔާރުން ރާއްޖޭގައި ތިބިނަމަވެސް، އެ ފަނޑިޔާރުންގެ މައްޗަށް އަބަދުވެސް ކޮންމެވެސް ދިމާލަކުން ނުފޫޒު އަންނަކަމަށެވެ. އަދި ފަނޑިޔާރުންނަށް ބިރަކާއި ނުފޫޒެއް ނެތި މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ޖާގަ ދޭންޖެހޭކަމަށް ވިދާޅުވިއެވެ.

މެމްބަރު ޝަރީފް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ފަނޑިޔާރުގެ އިސްލާހުކުރަން ބުނެ ވާހަކަދެކެވުނުނަމަވެސް، އޭރު ހުންނެވި ފަނޑިޔާރު ހިފާ ހައްޔަރުކުރިކަމަށާއި، ސިފައިން މެދުވެރިކޮށް ފަނޑިޔާރު އަބްދުﷲ ގާޒީ ހިފާ ހައްޔަރުކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އޭގެ ގެއްލުމުން އަރައިނުގަނެވޭކަމަށެވެ. އަދި ކަންބޮޑުވަނީ މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް ރައްކާތެރިކަން ދީފައިވާއިރު، އެކަން އެގޮތަށް ހިނގާތަން ފަނޑިޔާރުންގެ ކިބައިންވެސް ނުފެންނާތީކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް