
ސޯޝަލް މީޑިއާގައި މިހާރު އާއްމުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ފުރާވަރުގެ ފިރިހެން ގްރޫޕެއް. ޏ. ފުވައްމަލަކު މިސްކިތް މަގުގައި ހުންނަ މަސްޖިދުލް ހުދާ (ލިލީ މިސްކިތް) ގައި ނަށާ މަންޒަރެވެ. އެއީ މިދިޔަ ހުކުރު ދުވަހުގެ ވީޑިއޯއެއް ކަމަށްވެއެވެ.
"އެއީ ދެބުރިއަށް ހުންނަ މިސްކިތެއް. އެކުދިން ސަކަރާތް ޖަހަންވެގެން ހުކުރަށް ގޮސް މައްޗަށް އަރާފައި ކޮށްފައި ހުރި ކަމެއް އެއީ،" ސޯޝަލް މީޑިއާގައިވާ ވީޑިއޯއާ ގުޅޭ ގޮތުން އެކަން އެނގޭ މީހަކު ބުނެފައިވެއެވެ.
އެ ވީޑިއޯއިން ފެންނަނީ ޓިކްޓޮކްގައި މިހާރު ޓްރެންޑުވަމުން އަންނަ އިންޑޮނީޝިއާގެ "ޕަކު ޖަލޫރު" ނަމަކަށް ކިޔާ ބޯޓު ރޭހަކުން ފެށުނު ނެށުމެއް ނަށާތަނެވެ. އެ ނެށުން ދިވެހިން ވެސް ޓިކްޓޮކްގައި އަންނަނީ ހަދަމުންނެވެ.
ފުވައްމުލަކު މިސްކިތް ތެރޭ ނަށާތަން ފެންނަ ވީޑިއޯއާ ގުޅިގެން އާންމުން ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.