ads
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ރާއްޖޭގެ ސުކޫކުގެ އަގު މައްޗަށް، އިގުތިސާދު މަޑުމަޑުން ހަމައަކަށް އެޅޭ ކަމުގެ ނިޝާނެއް
އްޖޭގެ ސުކޫކުގެ އަގު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.
Advertisement

މި ބަދަލު އައިސްފައި މިވަނީ ރާއްޖޭގެ އިގުތިސާދު މަޑުމަޑުން ހަމައަކަށް އެޅެމުން އަންނާތީ އެވެ. 

ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ ސުކޫކުގެ އަގު މިދިޔަ އޭޕްރީލް މަހުގެ ކުރީކޮޅު ހުރީ 64.72 އެމެރިކާ ޑޮލަރުގަ އެވެ.

ނަމަވެސް ރާއްޖޭގެ އިގުތިސާދަށް އިތުބާރު ހުރި މިންވަރު ދައްކުވައިދޭ ސުކޫކްގެ އަގު މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ވަނީ ދުނިޔޭގެ ބާޒާރުގައި 87.44 އެމެރިކާ ޑޮލަރަށް އުފުލިފަ އެވެ.

ކުރީގެ ސަރުކާރުން 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ ސުކޫކުގެ ކޫޕަން ޕޭމަންޓު ނުވަތަ އިންޓްރެސްޓަށް ވާ ފައިސާ މި ސަރުކާރުން އަންނަނީ ގަވާއިދުން ދައްކަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. 

ސުކޫކުގެ ދަށުން ކޮންމެ އަހަރަކު ދެ ކޫޕަން ޕޭމެންޓު އިންވެސްޓަރުންނަށް ދައްކަން ޖެހޭއިރު، އެންމެ ފަހުން ކޫޕަން ޕޭމަންޓުގެ ގޮތުގައި 25 މިލިއަން ޑޮލަރު ދެއްކީ މިދިޔަ އޭޕްރީލް މަހުކަމަށްވެސް ފިނޭންސްއިން ބުނެ އެވެ. މި އަހަރުގެ ދެވަނަ ކޫޕަން ޕޭމަންޓު ދައްކަންޖެހޭނީ އަންނަ އޮކްޓޯބަރު މަހު އެވެ.

ކުރީގެ ސަރުކާރުން 9.875 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ނެގި ސުކޫކު ލިސްޓުކޮށްފައި ވަނީ އަބޫ ދާބީގެ ސްޓޮކް މާކެޓުގަ އެވެ. ސުކޫކު މެޗުއާވެ، ޖުމްލަ 500 މިލިއަން ޑޮލަރު ދައްކަން ޖެހޭނީ 2026 ގައެވެ. ބޭރުން ނަގާފައިވާ އެހެން ލޯނުތަކާ އެކު، އެ އަހަރު ދައުލަތުން އެއް ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް