ads
އޭސީސީގެ ރައީސް ޝާމިލް -- ފޮޓޯ: އޭސީސީ
އޭސީސީއަށް ދަތިވާ ސަބަބު ބަލަން މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރު
އޭސީސީއާއި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ވަކި ސަބަބެއް ހާމަނުކޮށް މިއަދު ސިއްރުކޮށްފިއެވެ.
Advertisement

މި ބައްދަލުވުމަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސައްކަތްތައް ނިންމުމަށް ހުރި ދަތިތަކާ ގުޅޭ ގޮތުން މަޖިލީހާ މައުލޫމާތު ހިއްސާ ކުރުމަށް އެ ކޮމިޝަނުން އަމިއްލައަށް އެދިގެން ތާވަލު ކުރި ބައްދަލުވުމެކެވެ.

ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީ މެންބަރު، އަބްދުﷲ ޝަރީފެވެ. އަދި އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާނެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް މި ބައްދަލުވުން ސިއްރު ކުރަން ފާސްކުރީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ކޮމިޓީގެ މެންބަރުން ހާމައެއް ނުކުރެއެވެ.

މި ބައްދަލުވުން ސިއްރު ކުރިއިރު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން، އަޒްމިރާލްދާ ޒާހިރު އާއި މަހާޒް އަލީ ޒާހިރު އަދި ހުސްނުއްސުއޫދުގެ މައްސަލަ އޭސީސީން ދަނީ ތަހުގީގު ކުރަމުންނެވެ. މިއީ ޖިނާއީ ތަހުގީގެއްކަމަށް ބެލެވޭއިރު، މިކަމާ ގުޅިގެން މިހާތަނަށް އެ ކޮމިޝަނުން އެއްވެސް ތަފްސީލެއް އާރްޓީއައި ހުށަހަޅައިގެން ވެސް ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް