ads
ގައިދީން ކޮންސްޓްރަކްޝަން މަސައްކަތުގައި
ގައިދީން ލައްވާ ފަސް ގުނަ އަގު ހެޔޮކޮށް ޖަލުގައި އިމާރާތެއް އަޅަނީ
ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީން ބޭނުންކޮށްގެން ބާޒާރު އަގަށްވުރެ ފަސް ގުނަ ހެޔޮ އަގުގައި އިމާރާތެއް ހުޅުމާލޭ ޖަލުގައި އަޅަމުންދާ ކަމަށް އެ ސާވިސް އިން ބުނެފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި އެ ސާވިސް އިން ބުނީ، ބާޒާރުން ލިބެން ހުރި އަގުގައި އަޅާ ނަމަ 17 މިލިއަން ރުފިޔާ ހަރަދުވާ އިމާރާތެއް، ގައިދީން ބޭނުންކޮށްގެން ގިނަވެގެން ތިން މިލިއަން ރުފިޔާއަށް ނިންމާލެވޭނެ އެވެ. 

މި މަސައްކަތް ކުރަމުން އަންނަނީ ކަރެކްޝަންސް މުވައްޒަފުންގެ ކޯޕަރޭޓިވް ސޮސައިޓީ ކަމަށްވާ ޕްރިސްކޯއާ ހަވާލުކޮށްގެންނެވެ.

އެ ސާވިސް އިން ބުނީ ހަރަދު ކުޑަކުރެވުމުގެ އިތުރުން، ގައިދީންނާ ހަވާލުކޮށްގެން މަސައްކަތް ކުރުމުން އެ މީހުންގެ ރިހެބިލިޓޭޝަނަށް ވެސް ފައިދާކުރާ ކަމަށެވެ. ކަރެކްޝަނުން ބަލަހައްޓާ މާފުށީ ޖަލާއި ހުޅުމާލޭ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގެ އެކިއެކި މަސައްކަތްތައް ވެސް މި ގޮތަށް ކުރަމުންދާ ކަމަށް އެ ސާވިސް އިން މައުލޫމާތުދިވެނެވެ. ނަމަވެސް މާލިއްޔަތު ކޮމިޓީން ވަނީ ޕްރިސްކޯއިން ބުނާ ހިސާބުތައް ކަށަވަރުކުރުމަށް އެ ޖަމިއްޔާގެ އޮޑިޓުތައް ހުށަހަޅަން އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް