ads
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ހައިދަރު: ފޮޓޯ: ރައީސް އޮފީސް
މެލޭޝިޔާ ދަރިވަރުންގެ ޓެކްސް ލޯނުގެ ތެރެއަށް އިތުރުކުރަނީ
މެލޭޝިއާގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން ނަގަން އެ ގައުމުން ނިންމި ޓެކްސް ފައިސާ އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަމަޖައްސައިދިނުމަށްޓަކައި، އެ ފައިސާ ދަރިވަރުންގެ ލޯނުގެ ތެރެއަށް އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.
Advertisement

މެލޭޝިއާގައި ކިޔަވާ ބިދޭސީ ދަރިވަރުންގެ އަތުން ނަގަން އެ ގައުމުން ނިންމި ޓެކްސް ފައިސާ އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ހަމަޖައްސައިދިނުމަށްޓަކައި، އެ ފައިސާ ދަރިވަރުންގެ ލޯނުގެ ތެރެއަށް އިތުރުކުރަން ސަރުކާރުން ނިންމިކަން، ހަޔަރ އެޑިޔުކޭޝަނުން މިއަދުވަނީ އިއުލާންކޮށްފައެވެ.

މެލޭޝިއާގައި ކިޔަވާ އިންޓަރނޭޝަނަލް ދަރިވަރުންގެ ތެރެއިން ކޯސް ފީގެ އަހަރަކު 60000 މެލޭޝިއަން ރިންގިޓަށްވުރެން ބޮޑު އަދަދެއް ދައްކަން ޖެހޭ ދަރިވަރުންގެ އަތުން އިތުރަށް ނަގަން ހަމަޖެއްސި %6 ގެ ޓެކްސްއާގުޅޭ ގޮތުން މިނިސްޓްރީން މިއަދު ކުރި އިއުލާންގައި ބުނެފައިވަނީ މިނިސްޓްރީން ދޫކުރާ މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި ޓެކްސް ދައްކަންޖެހޭ ދަރިވަރުންނަށް، އެ ދަރިވަރެއްގެ އެދުމުގެ މަތީން މި ޓެކްސް އެ ދަރިވަރެއްގެ ލޯނުގެ ތެރެއަށް އިތުރުކޮށްދޭ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ، މިނިސްޓްރީން ދީފައިފައިވާ ސްކޮލަރޝިޕްތަކުގެ ދަށުން މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި ޓެކްސް ދައްކަންޖެހޭ ދަރިވަރުންނަށް، އެ ދަރިވަރަކު ކިޔަވަމުންދާ ޔުނިވަރސިޓީ ނުވަތަ އިންސްޓިޓިއުޓްތަކުން މި މިނިސްޓްރީއަށް ފޮނުވާ އިންވޮއިސްގައި އެ ޓެކްސް ހިމެނުމުން، މިހާރުވެސް ފައިސާދައްކަމުން ދާގޮތަށް އެ އަދަދުވެސް ހިމަނައިގެން، ފައިސާ ދައްކަމުންގެންދާ ގޮތަށް ވަނީ ހަމަޖައްސާފައި ކަމަށެވެ.

މެލޭޝިއާއިން 2015 ވަނަ އަހަރު އެކުލަވާލި އެޑިއުކޭޝަން ތަރައްގީ ކުރުމުގެ ގައުމީ ޕްލޭންގެ ދަށުން، މި އަހަރުގެ ނިޔަލަށް ބޭރުގެ 250،000 ދަރިވަރުންނަށް އެ ގައުމުގައި ކިޔެވުމުގެ ފުރުސަތު ދިނުމުގެ އަމާޒެއް ވަނީ ކަނޑައަޅައިފަ އެވެ. މި ޓެކްސްގެ ސަބަބުން އެ އަމާޒަށް ވާސިލްވާން ދަތިވާނެ ކަމަށް އެ ގައުމުގެ ތަޖުރިބާކާރުން ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް