މިދިޔަ މަހުގެ 15 އިން ފެށިގެން، 5 ޖުލައިގެ ނިޔަލަށް މުޅި ރާއްޖެއިން ބޭރަށް ހިންގުމާއި ހޮޑުލުމުގެ 3،763 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 2،370 ވޭދަނަ ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. މިއީ ތަފާސް ހިސާބުތަކުން ދައްކާ އަދަދުތަކެވެ.
މީގެއިތުރުން ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މެއި މަހުން ފެށިގެން އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެ މުއްދަތުގައި 239 މީހުންނަށް އިންފްލުއެންޒާ ޖެހުނުއިރު، އޭގެ ތެރެއިން 228 ކޭސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ.
އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.