
އުރީދޫން ބުނީ، ސުޕަނެޓާ އެކު އަންލިމިޓެޑް ޑޭޓާ ޕެކޭޖުތައް ތުޅާދޫގެ އާންމުންނަށާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ.
މި ޕެކޭޖުތަކުގެ ތެރޭގައި މަގްބޫލު ޝޯތައް ސްޓްރީމްކުރުމަށާއި، އޮންލައިން ގޭމް ކުޅުމާއި ވާޗުއަލް ކްލާސްތަކުގައި ބައިވެރިވުމަށް ހާއްސަ ޕެކޭޖުތައް ހިމެނޭ ކަމަށާއި، ގޭތެރޭގެ އެންމެ އާދައިގެ ބޭނުންތަކުން ފެށިގެން ޗެޓްކުރުމާއި ބޮޑެތި ފައިލްތައް ޑައުންލޯޑުކޮށް ވީޑިއޯ ކޮންފަރެންސްތައް ބޭއްވުމަށް ހާއްސަ ބޮޑެތި ޕެކޭޖުތައް ހިމެނޭ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އުރީދޫން އިތުރަށް ބުނީ، ސުޕަނެޓާ އެކު ތުޅާދޫގައި އެ ނެޓްވޯކުގެ ކަސްޓަމަރުންނަށް ސްމާޓް ހޯމް ބަންޑަލްއެއް ލިބޭނެ ކަމަށާއި އެއީ ސްމާޓް ޑިވައިސްތައް ސުޕަނެޓް ކަނެކްޝަން މެދުވެރިވެގެން އާންމު ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ފަރުމާކޮށްފައިވާ ޕެކޭޖުތަކެއް ކަމަށެވެ.
އުރީދޫން ބުނީ، ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް ސުޕަނެޓް ތައާރަފުކޮށް، ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދީ، އިގުތިސާދީ ކުރިއެރުމާއި ތައުލީމީ ފުރުސަތުތައް ފަހިކޮށްދީ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް ހިތްވަރުދެމުން އަންނަ ކަމަށެވެ.
އުރީދޫގެ "ޑިޖިޓަލް މޯލްޑިވްސް" ތަސައްވުރުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އަސާސަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފުރިހަމައަށް ގުޅާލަދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ގިނަ ރަށްރަށަށް ސުޕަނެޓް ތައާރަފްކޮށް، ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދީ، އިގްތިސާދީ ކުރިއެރުމާއި ތައުލީމީ ފުރުސަތުތަކާއި އިޖުތިމާއީ ގުޅުމަށް ހިތްވަރު ދެމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.