ads
އާ ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓިން ޓްރަޔަލްގެ ތެރެއިން
އާ ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓިން ޓްރަޔަލްތަކެއް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް, ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފިއެވެ.
Advertisement

އާ ޓާމިނަލް މިމަހުގެ 26 ވަނަދުވަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން އާ ޓާމިނަލް ހުޅުވުމުގެ ކުރިން އާ ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓިން ޓްރަޔަލްތަކެއް މިއަދު މިވަނީ ކުރިޔަށް ގެންގޮސްފައެވެ. 

އެމްއޭސީއެލުން ބުނީ އެ ޓްރަޔަލް ކުރިޔަށް ގެންދިޔައީ އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ހިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދިޔަކަމެއްކަމަށެވެ. 

your imageއާ ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓިން ޓްރަޔަލްގެ ތެރެއިން 

އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވާކަމަށް އެމްއޭސީއެލުން ބުނެއެވެ. އޭގެ އިތުރުން އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.

your imageއާ ޓާމިނަލްގެ ޗެކިން ސިސްޓަމް ޓެސްޓިން ޓްރަޔަލްގެ ތެރެއިން 

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ ޓްރަޔަލް ކުރިއަށް ގެންދިޔަ ގޮތް ބައްލަވާލައްވައި, އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައިކަމަށް އެމްއޭސީއެލުން ބުނެއެވެ. އެގޮތުން ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވީ ސީއީއޯ ޝަރީފްކަމަށް އެމްއޭސީއެލުން ބުނެއެވެ.

ސީއީއޯ ޝަރީފުގެ އިތުރުން އެ ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް