ރިޕޯޓްތައް ބުނާ ގޮތުން ދެ ކުއްޖަކަށް ކޮންމެވެސް ވަރަކަށް އަނިޔާވިޔަސް ސީރިއަސް އަނިޔާއެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަނިޔާވި ދެ ކުދިންނަށް ފުރަތަމަ ފަރުވާ ދިނީ ވަށަފަރު ސިއްހީ މަރުކަޒުންނެވެ. އަދި އެ ތަނުން އެއް ކުއްޖެއްގެ ކޮނޑުހުޅަށް އިތުރަށް ތަދުވާތީ އެ ކުއްޖާ ހއ. ދިއްދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އެޑިއުކޭޝަނުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ވަށަފަރު ސްކޫލުގެ ކްލާސް ރޫމެއްގެ ސީލިން ވެއްޓުނީ ސީލިންގުގައި މައްސަލަތަކެއް އުޅޭކަން ފާހަގަކުރެވިގެން އެޑިޔުކޭޝަން މިނިސްޓްރީއަށް އެކަން އަންގާފައި އޮއްވާ ސީލިން ރަނގަޅުކުރަން ބޭނުންވާ ސާމާނުވެސް ވަށަފަރަށް ގެންގޮސްފައި ވަނިކޮށެވެ.