މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ ގޮތުން، އެ ސަރަޙައްދު މަރާމާތުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް، މިއަދުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށް ޖުމްހޫރީ މައިދާން އާންމުއްނަށް ބަންދުކުރެވިފައިވާކަމަށެވެ.
މިނިވަން ދުވަހަކީ ޖުލައި 26 އެވެ. މި އަހަރުގެ މިނިވަން ދުވަހަކީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހެވެ. މި ފަހަރުގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.