ހުޅުމާލެ ފޭސް 1، އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ދަނީ ހަރަކާތްތެރިވަމުން ކަމަށް ފުލުހުންވެސް ދެންމެ ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލިފާން ރޯވެގެން އުޅެނީ، ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ ސަރަހައްދެއްގައެވެ.