ހުޅުމާލެ 1 ގައި ހުންނަ އެ ގުދަނުގައި އަލިފާން ރޯވެގެން ސިފައިންނަށް ރިޕޯޓުކުރީ 6:50 ހާއިރެވެ. އެ ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ދަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް ދުން ބޯވެފައިވާތީ ފުލުހުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިފަ އެވެ.
އަދި އެ ސަރަހައްދުގައި މަސައްކަތްކުރާ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އެންމެހައި ބޭފުޅުން އަމަލު ކުރުމަށްވެސް ފުލުހުން އިލްތިމާސްކުރައްވަ އެވެ.
އެންސިސްގެ ގުދަނުގައި ރޯވިއިރު، އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ގުދަނުގައި ހުރި ހުޅު ހިފާ ޒާތުގެ އެއްޗެހި ތަނުން ބޭރުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ގުދަނުގެ ތިރީބައިގައި ބޭނުންކުރަނީ މަސް ފިނިކޮށް، ރައްކާކުރުމަށެވެ.