ads
ނަމާދުކޮށް ނިމިގެން އިސްލާމީ މަރުކަޒުން މީހުން ފައިބަނީ
މަރުކަޒުގެ ޓިނު ބަދަލު ކުރީ މިދިޔަ އަހަރު، އަނެއްކާ ވެސް ފެން ލީކުވަނީ
މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު)ގެ ފުރަޅުގެ ޓިނު އެއްކޮށް މިދިޔަ އަހަރު ބަދަލުކޮށްފައި ވަނިކޮށް އަނެއްކާވެސް ފެން ލީކުވާން ފަށައިފިއެވެ.
Advertisement

އިސްލާމީ މަރުކަޒުގެ ފުރާޅުން ފެން ލީކުވާން ފެށުމުން އެކި ދިމާދިމާގައި މިއަދު ހުރީ ބާލިދީތައް ބަހައްޓައިފައެވެ. މި މަންޒަރުތައް އާއްމުކޮށް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އިސްލާމީ މަރުކަޒުގެ ފުރާޅުގެ ހުރިހައި ފަރާތެއްގެ ޓިނުތައް ހުރީ ހަލާކުވެފައި ކަމަށާއި އެ މިސްކިތް މަރާމާތްކުރުމަށް ދެ މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓަރު ޝަހީމް ވަނީ ކުރިން ވިދާޅުވެފައެވެ. އަދި މަރުކަޒުގައި ޖަހަން ބޭނުންވާ ޓިނު ގެންނަނީ ބޭރުންކަމަށްވެސް އޭރު މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

މަރުކަޒުން ފެން ލީކުވާތީ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އިސްލާމީ މަރުކަޒުގެ ޓިނު ބަދަލުކުރީ މިދިޔަ އަހަރުކަމަށެވެ. އެސްޓީއޯއިން ވިއްކާ ޓިނު މަރުކަޒުގައި ޖެހިއިރު އެ މަސައްކަތް މިދިޔަ އަހަރުކުރީ އެމްޓީސީސީ އިންކަމަށްވެސް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. 

އޭގެކުރިން ހުރި ޓިނުތައް މދިޔަ އަހަރު ބަދަލުކުރީވެސް ވާރޭވެހޭތީކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަރުކަޒަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރާނެކަމަށްވެސް މިނިސްޓަރު ޝަހީމް ވަނީ ވިދާޅުވެފައެވެ. 

" މިރޭ މަރުކަޒަށް ވާރޭ ވެހުމާ ގުޅިގެން ހުރި ކަންބޮޑުވުންތަން ބަލައިގަންނަން. މައްސަލަ ހައްލުކުރަން ކަމާގުޅޭ ޓީމްތައް މަސައްކަތްކުރަމުންދޭ. 40 އަހަރު ވެފައިވާ ގައުމީ މި ބިނާ ދިމާވެފައިވާ މި މައްސަލަ ހައްލުކުރަން މިނިސްޓްރީ އިން އެންމެ މަތީ ދަރަޖައިގައި މަސައްކަތްކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން." ޝަހީމް ވިދާޅުވިއެވެ.

your imageއިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

އިސްލާމީ މަރުކަޒަކީ އިސްލާމީ އެކި ގައުމުތަކުގެ އެހީގައި 1980ގެ ކުރީކޮޅު އަޅަން ފެށި މަރުކަޒެކެވެ. މިސްކިތުގެ މަސައްކަތް 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ރަސްމީކޮށް މިސްކިތް ހުޅުވީ ނޮވެމްބަރު 1984ގެ ނޮވެމްބަރުމަހުގެ 11 ވަނަދުވަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އިސްލާމީ މަރުކަޒު އިމާރާަތްކޮށްފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރުގެ ބަންގްސާގައި ހުންނަ މިސްކިތެއް ނަމޫނާއަކަށް ބަލައިގެން އެތަނާއި އެއްގޮތަށެވެ. މަރުކަޒުގެ ޑިޒައިންވެސް ކުރެހީ އެ މިސްކިތް ކުރެހި އާކިޓެކްޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް