ads
ސިއްހީ ގިނަ ދިރާސާތަކެއް ހެއްދެވި ޑރ. އިބްރާހީމް މުސްތަފާ
ސިއްހީ ގިނަ ދިރާސާތަކެއް ހެއްދެވި ޑރ. އިބްރާހީމް މުސްތަފާ ނިޔާވެއްޖެ
ސިއްހީ ގިނަ ދިރާސާތަކެއް ހައްދަވާފައިވާ، ބަޔޯމެޑިކަލް ރިސާޗް ސައިންޓިސްޓް ޑރ. އިބްރާހީމް މުސްތަފާ ނިޔާވެއްޖެއެވެ.
Advertisement

ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކުގައި މަސައްކަތްކުރައްވައި ޑރ. އިބްރާހީމް މުސްތަފާ ނިޔާވީ ރޭ ގެ ވަގުތެއްގައެވެ. 

އުމުރުން 57 އަހަރުގެ ޑރ. އިބްރާހީމް މުސްތަފާ ނިޔާވީ  އިންޑިއާގެ ކޮޗިންގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. ޑރ. މުސްތަފާ ނިޔާވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހުއެވެ.

ޑރ. އިބްރާހީމް މުސްތަފާ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލޮމްބިއާ އިން ޕީއެޗްޑީ ހެއްދެވީ ޕެތޮލޮޖީ އެންޑް ލެބޯޓްރީ މެޑިސިންގެ ދާއިރާއިންނެވެ.  

ޑރ. އިބްރާހީމް ގިނަ ދިރާސާތައް ހެއްދެވީ ތެލެސީމިއާ ބައްޔާ ގުޅޭ އެކި ކަންކަމުގައެވެ.  އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ ލޭ އަޅަން ޖެހޭ ބައެއްް ތެލަސީމިއާ ކުދިން ބޭހެއް ކައިގެން ލޭ ނާޅާ އުޅެވިދާނެކަން ސާބިތު ކޮށްދިން ދިރާސާއެވެ. މި ދިރާސާއަށް ދީފައިވާ ނަމަކީ " އަޔަން ކެލޭޝަން ތެރަޕީ" އެވެ. 

ސިއްހީ ދާއިރާއިން ދިރާސާތައް ހެދުމުގެ ފުރުސަތު ރާއްޖޭން ނުލިބޭތީ ޑރ. އިބްރާހީމް މުސްތަފާ އުޅުއްވީ ރާއްޖޭން ބޭރުގައެވެ. ގަތަރާއި ޔޫއޭއީގެ  ޔުނިވާސިޓީތަކުގައި އޭނާ މަސައްކަތް ކުރެއްވެވިއެވެ. އެންމެ ފަހުން ހުންނެވީ ޔޫއޭއީގެ ހަޔާ ކޮލެޖް އޮފް ޓެކްނޮލޮޖީގެ އެސިސްޓެންޓް ޕްރޮފެސާ އޮފް ބަޔޯމެޑިކަލް ސައިންސްގެ މަގާމުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް