މި ޖަލްސާ މިރޭ ބާއްވަން އެންމެ ފުރަތަމަ ނިންމާފައި އޮތުމަށް ފަހު މޫސުން ގޯސްވުމުން މާދަމާ ރެއަށް ފަސް ކުރީއެވެ. އެކަމަކު އަދިވެސް މޫސުން އަލި ނުވާތީ މާދަމާރޭވެސް ޖަލްސާ ނުބާއްވަން އެމްޑީޕީން ނިންމީއެވެ.
މޫސުން ގޯސްވެގެން ޖަލްސާ ކެންސަލް ކުރިއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ހުންނެވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުޅުދުއްފުށްޓަށް ވަޑައިގެންނެވެ.
ރައީސް ސޯލިހްގެ އިތުރުން އެމްޑީޕީގެ މި ޖަލްސާގއި ބައިވެރިވުމަށް ޕާޓީގެ އިސް ބައެއް މެމްބަރުން ވަނީ މިހާރު ކުޅުދުއްފުއްޓަށް ގޮސްފައެވެ.