ads
ނުކުޅެދުންތެރިކަން ހުންނަ 14 ހާހަށް ވުރެ ގިނަ މީހުން، ގިނައީ ފިރިހެނުން
ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަދަދު 14 ހާހަށްވުރެ މައްޗަށް އަރާކަމަށާއި ގިނައީ ފިރިހެނުންކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
Advertisement

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ނުކުދުންތަރުކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 14412 މީހުން އެބަ ަތިއްބެވެ. އޭގެތެރެއިން ގިނައީ ފިރިހެނުންކަމަށް ހިސާބުތަކުން ދައްކައެވެ. 

ނުކުޅެދުންތެރިކަން ހުރި މީހުންގެ ހިސާބުތައް 

  • ފިރިހެނުންގެ އަދަދު 8348 
  • އަންހެނުންގެ އަދަދު 6028

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ރާއްޖޭގައި އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ، އެގޮތުން ޖިސްމާނީ ނުކުޅެދުންތަރިކަން ހުންނަ 4117 މީހަކު ރާއްޖޭގައި އުޅެއެވެ. އޭގެތެރޭގައި ހިމެނެނީ 2299 ފިރިހެނުންނާއި 1818 އަންހެނުންނެވެ. 

ދެން ރާއްޖޭގައި އެންމެ ގިނައީ މަލްޓިޕަލް ޑިސްއެބިލިޓީ ހުރި މީހުންނެވެ. މިގޮތުން މަލްޓިޕަލް ޑިސްއެބިލިޓީ ހުރި 3224 މީހުން ރާއްޖޭގައި އުޅެއެވެ، އޭގެ ތެރޭގައި ހިމެނެނީ 2090 ފިރިހެނުންނާއި 1134 އަންހެނުންނެވެ. 

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައިވާ ހިސާބުތައް ދައްކާގޮތުން އަޑުއިވުމުން މަހަރޫމްވެފައިވާ މީހުންގެ ތެރޭގައި ރާއްޖޭގައި ގިނައީ އަންހެނުންނެވެ. އެގޮތުން އަޑުއިވުމުން މަހްރޫމްވެފައިވާ 1745 މީހަކު ރާއްޖޭގައި ތިބިއިރު އޭގެތެރެއިން 922 މީހުންނަކީ އަންހެނުންނެވެ. ފިރިހެނުންގެ އަދަދަކީ 823 އެވެ. 

ލޯފަން މީހުންގެ ގޮތުގައި ޖުމްލަ 1003 މީހަކު ދަފްތަރުގައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 532 ފިރިހެނުންނާއި 471 އަންހެނުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް