ads
ގައްދޫމން ގެއްލުނު މީހާ ދުއްވި ޑިންގީ - ފޮޓޯ ވިރާސީ
ގައްދޫން ގެއްލުނު މީހާ ދުއްވި ޑިންގީ ކަނޑު އަޑިން ފެނިއްޖެ
ގައްދޫން ގެއްލުނު މީހާ ދުއްވި ޑިންގީ ކަނޑު އަޑިން ފެނިއްޖެއެވެ.
Advertisement

ގދ. ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް، ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، އުމުރުން 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ހޯދުމުގެ އޮޕަރޭޝަންގައި މަސައްކަތް ކުރި މީހުންނަށް އޭނާ ދުއްވި ޑިންގީ ފެނުން ނަަމަވެސް އެ މީހާގެ ހިލަމެއް އަދި ވީކަމުގެ އެއްވެސް ހަބަރެއް ނުލިބެއެވެ. 

ރިޕޯޓްތައް ބުނާ ގޮތުން، ދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ކުޑަ ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު، ޒަކަރިއްޔާ މުހައްމަދު ދުއްވި ޑިންގީ ފެނުނީ ގަމާއި ދިމާލުން ފުއްޓަރު ފަރާތު މޫދު އަޑިންނެވެ. 

ޑިންގީއެއްގައި އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު ހޯދުމުގެ އޮޕަރޭޝަންގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި ގދ. ގައްދޫއާއި ގަމުގެ ދެމެދުން އޮންނަ ކަނޑުއޮޅީގެ 10 މީޓަރ އަޑިން ޑިންގީ ވަނީ ފެނިފަ. މި ޑައިވް ކޮށްފައިވަނީ ސިފައިންނާއި ފުލުހުން ގުޅިގެން- އެމްއެންޑީއެފް

ޒަކަރިއްޔާ މުހައްމަދު ހޯދުމުގެ އޮޕަރޭޝަންގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެގެ ނިޔަލަށްވަނީ ބަލައިފައެވެ.

ޒަކަރިއްޔާ މުހައްމަދު ހޯދުމުގެ އޮޕަރޭޝަންގައި، ޒަކަރިއްޔާ މުހައްމަދު ހޯދުމަށް ކަނޑުމަގުންނާއި ވައިގެމަގުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.  

ޒަކަރިއްޔާ މުހައްމަދު އެންމެ ފަހުން ފެނުނު އިރު ލައިގެން ހުރީ ނޫ ކުލައިގެ ޓީޝާޓަކާއި ކަޅު ސޯޓެކެވެ.

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް