ads
ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުން ހަރުދަނާކުރަން އެއްބަސްވުމެއް - ފޮޓޯ: އެމްއޭސީއެލް
ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުން ހަރުދަނާ ކުރަން އެއްބަސްވުމެއް
ވައިގެ މަގުން ގަހާއި ޖަނަވާރު އެތެރެކުރުމުގެ ކަންތައް ހަރުދަނާކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީއާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދެވެ. އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިޝްހާގު އާދަމެވެ.

މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އެއާޕޯޓުގައި ހިދުމަތް ދޭ ސަރުކާރުގެ އެހެން އިދާރާތަކާއި ކުންފުނިތަކާއެކު އެކުލަވާލާ އެއްބސްވުންތަކުގެ ތެރެއިން ވެވުނު ފުރަތަމަ އެއްބަސްވުމެވެ.

އެމްއޭސީއެލްއިން ބުނީ މި އެއްބަސްވުމުގެ ދަށުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް ގެންނަ ޖަނަވާރާއި ގަސްގަހާގެހީގެ ކާގޯ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރެވި، އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

އެމްއޭސީއެލްގެ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، އެއަރޕޯޓުގެ މަސައްކަތްތައް އިތުރަށް ހަލުވިވެ، ފަސޭހަވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

ވީއައިއޭގެ އާ ޓާމިނަލް ހުޅުވުމަށް ތައްޔާރީތައް ވަމުން އަންނަ އިރު ޓާމިނަލް ހުޅުވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް