ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ބެްވުނު "އަހާ" ފޯރަމް - ފައިލް ފޮޓޯ
މި ސަރުކާރުން ކުރިއަށްގެންދާ "އަހާ" ފޯރަމް އަންނަ ދުވަހުގެ ރޭ
މި ސަރުކާރުން ކުރިއަށްގެންދާ 'އަހާ' ފޯރަމްގައި މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.
Advertisement

މި ފޯރަމް އޮންނާނީ މިމަހުގެ 14 ވާ ހޯމަ ދުވަހުގެ ރޭ 21:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގަ އެވެ. މިއީ މިފަދަ ފަސްވަނަ ފޯރަމެވެ.

މި ފޯރަމްގައި ހަތަރު މިނިސްޓަރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. އެއީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އާއި ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އާއި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ.އަބުދުﷲ މުއްތަލިބުގެ އިތުރުން ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ.

މި ސަރުކާރުން 'އަހާ' ފޯރަމް ފަށައި އެފަދަ ފުރަތަމަ ފޯރަމެއް ބޭއްވީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 25ގަ އެވެ. އެ ފޯރަމްގައި ފަސް މިނިސްޓަރަކު ބައިވެރިވެވަޑައިގެންނެވިއިރު ފެބްރުއަރީ 23ގައި ބޭއްވި ދެވަނަ ފޯރަމްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވި އެވެ.

"އަހާ" ފޯރަމަކީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ފޯރަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް