
މަރާލާފައި އޮއްވައި ފެނުނީ އެ ރަށު އޯކިޑްމާގޭ އަބްދުއް ރަހަހުމާން ކިޔާ އުމުރުން 65 އަހަރުގެ މީހެކެވެ.
އެރަށު މީހުން ބުނީ އަބްދުއް ރަހްމާނަށް ހަމަލާދީފައި ވަނީ އޭނާ ނިދާފައި އޮއްވާކަމަށެވެ. އަދި ހަމަލާދީފައިވަނީ މަރުތޭލެއް ކަހަލަ އެއްޗަަކުން ބޮލަށްކަމަށް ވެސް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެ މީހާ ބުނީ މަރުވެފައި އޮއްވާ ފެނުނު އަބްދުއް ރަހަހުމާން ބޮލުގެ ފުއްކިބައިގައި އެއްޗަކުން ޖަހާފައި އޮތްކަމަށް ބެލެވޭކަމަށެވެ. އަދި އޭނާ އޮތް އެނދުމަތީގައި ވެސް އޮތީ މުޅިން ލޭކަމަށާއި ސިކުނޑީގެ ބައެއް ވެސް ފެންނަން އޮތްކަމަށް ރަށުން ވާހަކަ ދެއްކި މީހާ ބުނެ އެވެ.
އެރަށުން މީހުން ބުނީ ޒަހަމް ވެފައި އޮތް އަބްދުއް ރަހްމާން ނަގައިގަނެގެން ސިއްހީ މަރުކަޒަށް ގެންދިޔައީ، އަނބި މީހާ އާއި އިތުރު ބަޔަކު ވެގެންކަމަށެވެ. އަދި އޭނާއަކީ ސިހުރު ހަދާ ކަމަށް ރަށުތެރޭގައި އަޑުފެތުރިފައިވާ މީހެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ބުނެއެވެ.
އަބްދުއް ރަހްމާން މަރުވީ، އޭނާއަށް ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށްކަމަށް ވެސް ރަށު މީހުން ބުނެ އެވެ. އޭނާއަށް އަނިޔާކޮށްފައިވުމުގެ ސަބަބުން ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ ރޭ ދަންވަރު 1:30 ކަންހާއިރުކަމަށް ވެއެވެ.
"މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން. އަދި މައްސަލައިގެ ތަހުގީގަށް މާލެ އިން ތަހުގީގު ޓީމެއް އެ ރަށަށް ދިނުމަށް މިހާރު ދަނީ ދަތުރު ކުރަމުން،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަބްދުއް ރަހަހުމާން އާދަމްއަކީ މާޅޮހު ކައުންސިލްގައި މަސައްކަތް ކުރާ މީހެއްގެ ފިރިމީހާ އެވެ