
ޔޫތު މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުންޏެވެ. ކުރިން މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން އޮތީ ޖޫން 10 ގައެވެ.
މި އެވޯޑަކީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކުން މުޖުތަމައު ބާރުވެރިކުރުމަށް ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެކަން އަގުވަޒަން ކުރުމުގެގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލީ މެއި 28 ވަނަ ދުވަހުއެވެ. އެވޯޑަށް އެދި ހުށައަޅާ ފޯމު، ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ މިނިސްޓްރީގެ އީމެއިލަށް ހުށަހެޅޭނެއެވެ.
މި އެވޯޑު ދޭނީ 9 ދާއިރާއަކުންނެވެ. މީގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކުރުމާއި، ހާއްސަ އެހީގެ ދާއިރާ، ތައުލީމީ ދާއިރާ، ތިމާވެށީގެ ދާއިރާ، ސިއްހީ ދާއިރާ އަދި މަސްތުވާތަކެތިން މުޖުތަމައު ރައްކާތެރިކުރުން ހިމެނެއެވެ. މި އެވޯޑަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށާއި، ފާއިތުވި 2 އަހަރު އަހަރީ ރިޕޯޓު ހުށަހަޅާފައިވާ ޖަމިއްޔާތަކަށާއި، ހިންގާ ކޮމިޓީގެ މުއްދަތު ހަމަނުވާ ޖަމިއްޔާތަކަށެވެ.