ރާއްޖޭގެ އަދި އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން،މޯދީ ރާއްޖެއަށް ވަޑައިގަންނަވާނީ ޖުލައި 25 ގައެވެ. އަދި ޖުލައި 26 ގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ހަމަ އެދުވަހު ފުރާވަޑައިގަންނަވާނެއެވެ. މޯދީ ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާފައިވަނީ ރައީސް މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި އިންޑިއާއަށް ކުރެއްވި ދަތުރުގައެވެ. އޭގެ ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު އިންޑިއާއަށް ވަޑައިގެންނެވި ދަތުރެއްގައި ވެސް ދައުވަތު ދެއްވާފައިވެއެވެ.
ދިވެހި ރާއްޖެއަށް އެންމެ ބޮޑަށް މާލީގޮތުން އަދި ތަރައްގީގެ ގޮތުންވެސް އެހީވާ އެއް ގައުމަކީ އަވަށްޓެރި އިންޑިއާއެވެ.