ads
އއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް
ޕޯސްޓު މޯޓަމް ހަދަން އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެންނަނީ
އއ. މާޅޮހުގައި ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާ އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހަދުމަށްޓަކައި މާލެ ގެންނަން ނިންމައިފިއެވެ.
Advertisement

ފުލުހުންނަށް މި މައްސަލައިގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 1:50 ހާއިރު، ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް އަންގައިގެންނެވެ.

ފުލުހުން ލިބުނު މައުލޫމާތާއެކު ޒަހަމްވެފައިވާ އަބްދުއްރަހްމާން ގެންދިޔައީ ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ލިބިފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އަބްދުއްރަހްމާންގެ ހަށިގަނޑު މިހާރު އޮތީ އެ ރަށު ސިއްހީ މަރުކަޒުގައެވެ. އާއިލާގެ މީހުންނަށާއި ރަށުގެ މީހުންނަށް މޫނު ދެއްކުމަށް ފަހު މިއަދުގެ ހަވީރުގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު މާލެ ގެންނާނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ހުއްދައާ ނުލާ މީހުން ރަށުން ފޭބުން މިހާރު ވަނީ މަނާކޮށްފައެވެ. އަދި ރަށަށް އަރާ ފައިބާ މީހުން މޮނިޓާ ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގަށް އއ. ހިމަންދޫ، މަހިބަދޫ އަދި މާޅޮހުގެ ފުލުހުން ހަރަކާތްތެރިވަމުން ދާއިރު، ފުލުހުންގެ ހާއްސަ ޓީމެއް ވެސް ވަނީ އެ ރަށަށް ގޮސްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް