ads
ހުއްދަ ނުނަގައި އއ. މާޅޮހުން ފޭބުން މަނާކޮށްފި
އއ. މާޅޮހުގައި ހިނގި މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ހުއްދަ ނުނަގައި ރަށުން ފޭބުން މަނާކޮށްފިއެވެ.
Advertisement

ރަށުން ބޭރަށް ދިއުމަށް ގެންގުޅޭ ހަރުކަށި ފިޔަވަޅުތައް މިހާރު ވަނީ ތަންފީޒުކޮށްފައެވެ. އަދި ރަށަށް އަރާ ފައިބާ ހުރިހާ މީހުންގެ މައުލޫމާތު ރެކޯޑު ކުރަމުންދާކަން ފުލުހުން ހާމަކޮށްފައިވެއެވެ.

ރޭ މެންދަމު ގާތްގަނޑަކަށް 1:50 ހާއިރު، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް އަބްދުއްރަހްމާން އަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނެވެ. ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ފަތިހުގެ ވަގުތެއްގައި އޭނާ ވަނީ ނިޔާވެފައެވެ. މި މައްސަލައާ ގުޅިގެން އަބްދުއްރަހްމާންގެ ހަށިގަނޑު މިއަދުގެ ހަވީރުގެ ވަގުތެއްގައި ޕޯސްޓު މޯޓަމް ހަދަން މާލެ ގެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށް، އއ. ހިމަންދޫ، މަހިބަދޫ އަދި މާޅޮހުގެ ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މައްސަލައިގެ ތަހުގީގަށް ހާއްސަ ޓީމެއް ވެސް ވަނީ އެ ރަށަށް ފޮނުވާފައެވެ. އާއިލާގެ މީހުންނަށާއި ރަށުގެ މީހުންނަށް އަބްދުއްރަހްމާންގެ މޫނު ދެއްކުމަށް ފަހު އޭނާގެ ހަށިގަނޑު މާލެ ގެނެސް ޕޯސްޓު މޯޓަމްއެއް ހެދުމަށް މިހާރު ވަނީ ނިންމައިފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް