ads
ކުޅުދުއްފުށީގައި ދަމަނަވެށި ހެދުމަށް 23 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި ސޮއިކުރުން
ކުޅުދުއްފުށީގައި ދަމަނަވެށި އެޅުމަށް 23 މިލިއަން ރުފިޔާގެ އެއްބަސްވުމެއް
ކުޅުދުއްފުށި ސިޓީގައި ދަމަނަވެށި ގާއިމުކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ފެށުމަށް 23 މިލިއަން ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ހެލްތް މިނިސްޓްރީއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ދެމެދު ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން މި ދަމަނަވެށި ގާއިމުކުރުމަށް ބިން ހަވާލުކޮށްފައިވެއެވެ. ހެލްތް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް ކަމަށާއި، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސްޓޭޝަން މެނޭޖަރު އަހުމަދު ހަސަން އެވެ.

މިއީ މާލެއިން ބޭރުގައި ގާއިމުކުރެވޭ ފުރަތަމަ ދަމަނަވެށި ކަމަށްވާއިރު، މި ޕްރޮޖެކްޓްގެ ޖުމުލަ އަގަކީ 23,113,061.08 ރުފިޔާއެވެ. ދެ ފަންގިފިލާއަށް ހެދޭ މި ދަމަނަވެށިން މާލޭގައި ހިންގާ ދަމަނަވެށިން ދޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި ހިދުމަތްތަކުގެ ތެރޭގައި ވެކްސިން ދިނުމާއި، ކުޑަކުދިން ހެދިބޮޑުވުމުގެ މައުލޫމާތު އެއްކުރުމާއި، ޓޮބޭކޯ ސިޒޭޝަން ޕްރޮގްރާމް ހިންގުމުގެ އިތުރުން ސިއްހީ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ.

މި ދަމަނަވެށި ގާއިމުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މެންބަރުންނާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މި ދަމަނަވެށި ގާއިމުކުރުމުން ކުޅުދުއްފުށި ސިޓީއާއި އެ ސަރަހައްދުގެ ރަށްތަކުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް