ads
ޔުމްނު ރަޝީދު ވެއްޓުނު މައްސަލަ ތަހުގީގުކުރަން އުފެއްދި ރިޔާސީ ކޮމިޝަނުން
ޔުމްނު ވެއްޓުނު ހާދިސާ: ރިޔާސީ ކޮމިޝަން އުވާލައިފި
މިދިޔަ އޭޕްރީލް18 ވަނަ ދުވަހު މާލޭ ގެޔެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު ހާދިސާ ތަހުގީގު ކުރުމަށް ރައީސް މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފެއްދެވި ކޮމިޝަން މިއަދު އުވާލައްވައިފި އެވެ.
Advertisement

ރައީށް އޮފީހުން ބުނީ، އެ ހާދިސާ ތަހުގީގުކުރަން އުފެއްދެވި ކޮމިޓީ ރައީސް ވަނީ ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ ދަށުން ނެރުއްވި ގަރާރަކުން އުވާލައްވައިފަ އެވެ.

ރައީސް އެ ކޮމިޝަން އުފެއްދެވީ، އެޕްރީލު މަހުގެ 27ގަ ވަނަ ދުވަހު އެވެ. 

އެ ކޮމިޝަނާ މަތިކުރެއްވީ އެ މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށެވެ.

އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެއްކޮށް، ރައީސްއަށް ލަފާއެރުވުމަށް ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކޮމިޝަނުގެ ތަހުގީގު ރިޕޯޓު އާންމުކޮށްފައިވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. އެ ރިޕޯޓުގައި ވަނީ ޔުމްނު ވައްޓާލީ ކަމަކަށް ނުބެލެވޭ ކަމަށާއި ބުރަވެވެނީ ކުޑަދޮރުން ވެއްޓުނީ ކަމަށެވެ.

ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ތަންފީޒުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، ހޯމް މިނިސްޓްރީ އާއި، ހެލްތް މިނިސްޓްރީ އަށް، ރައީސް ވަނީ އަންގަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް