ads
އަޝްފާގެ އިންސްޓަގްރާމްގައި މިއަދު ހެނދުނު ޝެއާކުރި ސްޓޯރީގައިވާ މެސެޖު
ދަރިފުޅުގެ މަރު، އަޝްފާ މަރުގެ ވާހަކަތައް ލިޔުނުތާ ގިނައިރުތަކެއް ނުވަނީސް
މިރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު ނިޔާވިއިރު އަޝްފާގެ ހެނދުނު އިންސްތްގަރާމުގައި ސްޓޯރީގައި މިއަދު ހެނދުނު އިއްތިފާގުން ލިޔެވިފައިވަނީ މަރުގެ މަލާއިކަތާގެ ވާހަކައެވެ.
Advertisement

މިރޭ މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ބޮޑުތަކުރުފާނު މަގުގައި ހިންގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި 17 އަހަރުގެ ކުއްޖަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްގަނީ އާއި މަރިޔަމް އަޝްފާގެ ދަރިފުޅެވެ. މީ އެ ދެމަފިރިންގެ ހަމައެކަނި ހުރި ދަރިފުޅެވެ. 

އުމުރުން 17 އަހަރުގެ ޔޫސުފް އަަލްސަން މުހައްމަދު ނިޔާވި ހަބަރު ލިބިފައި މިވަނީ އަޝްފާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި މަރުގެ މަލާއިކަތާ އައުމުން އެއްވެސް މަޝްވަރާއެއް ނުކުރެވޭނެކަަކަމަށް ބުނެ މަރާއު ގުޅޭ އަސަރު ގަދަ މެސެޖެއް ހިއްސާކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. 

އަޝްފާ މިއަދު ހެނދުނު އިންސްޓްގްރާމްގައި ޝެއަރ ކުރި ސްޓޯރީގައި ވަނީ ވަރަށް ވެސް އަސަރު ގަދަ ވާހަކައެކެވެ. އަޝްފާގެ ސޯޓޯރީގައި ވަނީ މިހެނެވެ. 

" މަރުގެ މަލާއިކާތާއި އައުމުން ދެން ކުރާނެ މަޝްވަރާއެއް ނޯންނާނެ" މިހެންނެވެ.

your imageއަޝްފާގެ އިންސްޓަގްރާމްގައި މިއަދު ހެނދުނު ޝެއާކުރި ސްޓޯރީގައިވާ މެސެޖު

މިރޭގެ އެކްސިޑެންޓްގައި އަލްސަން ނިޔާވުމުން ގިނަ ބަޔަކު އަންނަނީ އެ ހިތާމާގައި ބައިވެރިވެމުހައްމަދު އަބްދުލްގަނީ އާއި މަރިޔަމް އަޝްފާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް