
އިތުރުއެއްޗެއް ބުނާނެ ފުރުސަތެއް ނުލިބިގެން އުޅެނިކޮށް އަމާރާގެ ފޯނު ރިންގުވާން ފަށައިފި އެވެ.
ފޯނުގެ ސްކްރިނަށް އަމާރާ ބަލައިލި އެވެ. ގުޅަނީ 'ކޮއްކޮ' އެވެ.
"ރާފީ..؟ ކިހިނެއްވީ؟"
"ދޮންތާ..! ގެސް ވަޓް..؟
ރާފީގެ އުފާވެރިކަމާއި އުތުރިއަރަމުންދިޔަ އިހްސާސްތައް އޭނާއަށް ކޮންޓްރޯލް ނުކުރެވިގެން އުޅޭހެން ހީވި އެވެ. އަމާރާ އެއްބުމަ މައްޗަށް ހިއްލާލީ ސުވާލު އުފެދުނީތީ އެވެ. ނަމަވެސް އިވުނު ޖުމުލައިން ދުލުގައި އެޅުނީ ދަތެވެ!
"ޝައްޔާން ޔޫސުފް ރައިޒާދް އިޒް ޓްރެންޑިންގ ޓުޑޭ!" ކޮއްކޮގެ ހާލަތަށް ހަމްދަރްދީ ވާހާލުގައި އަމާރާ ނިއްކުރީގައި ހިފަހައްޓާލި އެވެ.
ދެތިން ނޭވާ ދޫކޮށްލާފައި އަމާރާ ވިސްނާލި އެވެ. ކުރިމަތީގައި އިނީ 'އާދައިގެ ކަމެއް' ނޫންކަން އޭނނާއަށް ޔަގީނެވެ. ނަމަވެސް، ކޮއްކޮއަށް ޖަވާބެއްވެސް ދޭންޖެހެ އެވެ. ޝައްޔާންއަށް އަމާރާ ބަލައިލީ، ދޭންވީ ފުރިހަމަ ޖަވާބު ވިސްނާލާފަ އެވެ.
"ތިކަމުން ދޮންތައަށް ކުޑަވެސް އަސަރެއް ކުރާނެހެން ރާފީއަށް ހީވޭތަ؟" ޝައުގުވެރިކަމާއެކު ބަލަހައްޓައިގެން އިން ޝައްޔާންއަށް އަމާރާ ބަލައިލި އެވެ.
"ޔެސް! ޔެސް! ދޮންތަ ނޫންތަ، ޝައްޔާންއަށް ފަރުވާ ދިނީ..! ދޮންތާ، އަޅެފަހެ އޮޓޯގްރާފަށްވެސް ނޭދެންތަ؟" ލިބިފައިވާ އުފާވެރިކަން ރާފީ އިތުރަށް ބުނެދޭކަށް ނުވެސް ޖެހެ އެވެ.
އަމާރާގެ ހަރަކާތަށް ބަލަހައްޓައިގެން އިނދެފައި ޝައްޔާން އަމާރާއާއި ކުރިއަށްވުރެން ގާތްވި އެވެ. އަދި ކަނންފަތުގައި ޖައްސައިގެން އިން ފޯނާއި ގާތްވެލާފައި ބުނެލި އެވެ.
"އައި ކޭން ގިވް ޔޫ ވަން، ރާފީ..!" ކަނޑައެޅިގެން އެއަޑު އިވޭނެކަން ޔަގީންކޮށްފައި ބާރަށް ޝައްޔާން ބުނެލި އެވެ.
އަމާރާގެ ބޮޑުވި ދެލޮލުގެ ހައިރާންކަމާއެކު ތިން މީހުންގެ މެދުގައި އައީ ހިމޭންވަގުތުކޮޅެކެވެ.
ހިނދުކޮޅެއްގެ ހުސްކަމެކެވެ.
"ދޮންތާ...!!!! އެއީ ޝައްޔާން ތަ..؟؟؟؟ އޯ މައި ގޯޑް..!!!" ރާފީގެ އުފާވެރިކަން އޭނާއަށް ތަހަންމަލް ނުކުރެވިގެން އުޅޭހެން ހީވުމުން އަމާރާ ކުއްލިޔަކަށް ފޯނު ކަނޑާލާފައި މޭޒުމަތީގައި ފޯނު ބާއްވައިފި އެވެ.
ހިނިގަނޑު ކޮންޓްރޯލް ނުކުރެވި ޝައްޔާންގެ ލޮލުން ފެން އަންނަވަރަށް، ބާރަށް ހޭންފެށި އެވެ. އެވަގުތު އަމާރާގެ މޫނު ފެނުނު އެއްވެސް މީހަކު އެފަދަ ހިނިގަނޑަކުން ސަލާމަތްނުވާނެ އެވެ.
"ޔޯ ބްރަދަރ ހޭޒް ގްރެއިޓް ޓޭސްޓް!" ހިނިގަނޑުގެ ތެރެއިން ބަނޑުގައި އަތް އަޅާފައި ޝައްޔާން ބުންޏެވެ.
"ޔޫ އަރ އިމްޕޮސިބަލް!!" ބުމައަށް ރޫ އަރުވާލާފައި އަމާރާ ބުނެލި އެވެ.
"އެންޑް ޔޫ ލަވް އިޓް!" ޖެހިލުމެއް ނެތި ޝައްޔާން ބުނެލި އެވެ.
.....................
ބުރަ ދުވަހަކަށްފަހު އަމާރާގެ ދިގު ޑިއުޓީ ނިމުނީ އެވެ.
ވަރުބަލިވެގެން ހާންތިވެއްޖެ އެވެ.
ދެ ބުމަ ދޭތެރެއާއި ނިއްކުރިއަށް ފިއްތަމުން އަމާރާ ހޮސްޕިޓަލުގެ ޕްރައިވެޓް ޕާކިންއަށް އައީ އޭނާގެ ސްކޫޓީ ނަގާށެވެ. ނަމަވެސް ހައިރާންވީ، އެހެންޏާއި ދުވަހަކުވެސް ދިމާނުވާ ކަމަކާއި ކުރިމަތި ވީތީ އެވެ. އަމާރާގެ ސްކޫޓީ ނުނެގޭނެ ގޮތަށް ހުރަސްކޮށްލާފައިވަނީ ކަޅުކުލައިގެ 'ލަގްޒަރީ ކާރެކެވެ' މީގެކުރިން އެ ޕާކިންގެތެރެއިން އަމާރާއަށް އެ ކާރރު ފެނިފައެއްވެސް ނުވެ އެވެ. ރަގަޅަށް ލޯ ހުޅުވާލާފައި ބަލައިލި އެވެ.
ކާރުގައި ލެނގިލައިގެން އެ ހުރީ-
ޝައްޔާން ޔޫސުފް ރައިޒާދް އެވެ.
"ނޮޓް އެގެއިން!" ވަރުބަލިކަމާއެކު އަމާރާއަށް ބުނެވުނެވެ.
"މިސްޑް މީ؟" ލާނެއް ގޮތަކަށް ޝައްޔާން އަހާލީ އަމާރާ ރުޅިއަރުވާލުމަށެވެ.
"ޝައްޔާން، ކާރު ދުރަށް ލާ!!" ސައިކަލަށް އަރާފައި ހަމަޖެހިލަމުން އަމާރާ ބުނެލީ ވަރުބަލިކަމާއެކު އެވެ.
"އޫމްމްމްމ.. ނޯ!" ޝައްޔާން ހުރީ ގޮތް ދޫކުރާ މޫޑަކު ނޫނެވެ.
"ވަރަށް ވަރުބަލިވެފަ މިހުރީ.. ކާރު ދުރަށް ލާ..! އެހެން ނޫނީ- " ދެ ލޯ ވަށްކޮށްފައި އަމާރާ ބުނީ އިންޒާރުގެ ރާގުގަ އެވެ.
"އެހެންނޫނީ ވަޓް، ޑޮކްޓަރ؟" މޭދަށުގައި ދެއަތް ހުރަސްކޮށްފައި ޝައްޔާން ސުވާލުކުރި އެވެ.
"ގުޅާނީ ސެކިއުރިޓީއަށް..!" އަވަސްޖަވާބަކުން އަމާރާ ހިތްހަމަޖައްސާލި އެވެ.
"ގުޅާފަ ބުނާނީ ކީކޭ..؟ ވަރަށް ހާއްސަ ޕޭޝަންޓަކު، ޕާކިންގައި ހުރެގެން އުނދަގޫކުރަނީއޭ..؟" ލާނެއް ހިންޏެއް އައިސްފައި ހުރެގެން ޝައްޔާން މަސައްކަތްކުރީ އަމާރާ ރުޅިއަރުވާލާށެވެ.
"ތިއީ އަހަރެންގެ ޕޭޝަންޓެއް ނޫން!" އަމާރާ ބުންޏެވެ.
"ރިއަލީ؟؟ އަހަންނަށް ފަސްޓް އެއިޑް ދިނީ ޑޮކްޓަރ އަމާރާއެއް ނޫންތަ؟" ޝައްޔާން ބުނެލީ ގާތް ގޮތަކަށެވެ.
ފޫހިކަމާއެކު އަމާރާ އުޅުނީ އެތަނުން އަވަހަށް ސަލާމަތްވެވޭނެ މަގެއް ހޯދާށެވެ. ނަމަވެސް ޝައްޔާން ހުށިޔާރެވެ. އަމާރާގެ އަތުން ތަޅުދަނޑި އަތުލީ، އޭނާ ހުއްޓުވުމަށް އަމާރާއަށް ކުޑަވެސް ފުރުސަތެއް ނުދީ އެވެ.
"ޝައްޔާން..!!!" ރުޅިގަދަވެގެން ދެން ބުނާނެ އެހެން އެއްޗެއް ނުވެސް ނެތީ އެވެ.
"ލެޓްސް މޭކް އަ ޑީލް!" އަތުގެ އިނިގިލީގައި ތަޅުދަނޑި އަބުރާލަމުން ޝައްޔާން ބުންޏެވެ.
"ޝައްޔާން، ޔޫ އަރ މައި ފޭވަރިޓް ޕޭޝަންޓް! އެހެން ހަމަ ބުނާއިރަށް މިތަޅުދަނޑި އަހަރެން ދޭނަން..!" ގޮތް ދޫ ނުކުރާ ކުޑަކުއްޖަކު ފަދައިން ޝައްޔާން މަސައްކަތްކުރީ އަމާރާ ރުޅިއަރުވާށެވެ.
"ތި މަންޒަރު ހުވަފެނުން ދެކެން ގެއަށް ދޭ!" އަމާރާގެ ޖަވާބު، ޝައްޔާންގެ ދެ ކަންފަތް ބައްކޮށްލި އެވެ. ނަމަވެސް އަމާރާއަށް ނޭގުނީ އޭނާގެ ކުރިމަތީގައި ހުރީ 'ޑްރާމާކިންގް'އެއްކަމެވެ.
"އޯކޭ.. އެހެންވީމަ، ތި ގެއާއި ހަމައަށް މިރޭ ސްކޫޓީ ދުއްވާނީ އަހަރެން!" ހަމަޖެހިލާފައި ޝައްޔާން ބުނެލި އެވެ. މިފަހަރު ދެލޯ ބޮޑުވީ އަމާރާގެ އެވެ.
"ނޫން- ނޫން" އަމާރާގެ ދެކޮޅު ހެދުމާއެކުވެސް، އޭނާ ދުރަށްޖައްސާފައި ޝައްޔާން ސްކޫޓީއަށް ފުންމައިގެން އަރައިފި އެވެ. ލަސްވުމެއް ނެތި ސްކޫޓީ ސްޓާޓްކޮށްލި އެވެ.
"ޝައްޔާން، ސްޓޮޕް އިޓް!" އަމާރާ ބުނެލި އެވެ.
"ޑީލް އިޒް އޮން! ސޭ އިޓް، ޑޮކްޓަރ" ލުއި ހިނިތުންވުމަކާއެކު ޝައްޔާން ހުށަހެޅީ އޭނާގެ އެދުމެވެ.
"ފައިން!" ދަތްކުނޑިވިކާފައި އަމާރާ ނިއްކުރިއަށް ރޫ އަރުވާލި އެވެ.
"ޝައްޔާން، ޔޫ އަރ މައި ފޭވަރިޓް ޕޭޝަންޓް!"
އެއްމިޔަކަނުން ހިނިއައިސްފައި ޝައްޔާންގެ ކާމިޔާބީ އޭނާ ފާހަގަކުރި އެވެ. ލަސްވުމެއް ނެތި އަމާރާގެ އަތުގެ ތެރެއަށް ތަޅުދަނޑި ލައިދިނީވެސް ޝައްޔާނެވެ.
"ގުޑް ގަރލް!"
"އައި ހޭޓް ޔޫ"
ތަޅުދަނޑިއާއެކު އަތް ދަމައިގަންނަމުން އަމާރާ ދަތްކުނޑި ވިކާލި އެވެ.
................
ހަފްތާއެއް ފަހެވެ.
ގަދަ ވަޔާއެކު ވެހުނު ބޯ ކެރިގަނޑު ތުނިކޮށްލައިފި އެވެ. ނަމަވެސް ބައެއް ސަރަހައްދު ތަކުގައި ހެދިފައި އޮތް ފެންގަނޑުތައް ހިނދޭނެ އިރެއް ނޭގެ އެވެ.
އަމާރާ ތިއޭޓަރ ނިމިގެން، އޭނާގެ ކެބިންއަށް ވަނީ ހަމަޖެހުމުގެ ނޭވާއެއް ލެވޭނެކަން ޔަގީންކޮށްފަ އެވެ.
ނަމަވެސް ލިބުނީ ހައިރާންކަމެވެ.
ސިކުނޑިއަށް ހުއްޓުމެއް އައީ ލިބުނު ޝޮކްގެ ސަބަބުންނެވެ.
ސޯފާގައި ހަމަޖެހިލައިގެން ހިނިއައިސްފައި އެ އިނީ ޝައްޔާން އެވެ.
"ޝައްޔާން..؟ މިތާގައި ކީއްކުރަނީ؟" ކުރާނެ އެހެން ސުވާލެއް އަމާރާގެ ދުލަކަށް ނުވެސް އައި އެވެ.
"ބޭރު ބަލާލަބަލަ! ނުލާހިކު ބޯކޮށް ވާރޭ ވެހިއްޖެ! އަހަރެންގެ ޑްރައިވަރު އަހަރެން މިތަނަށް ދޫކޮށްލާފައި ހިގައްޖެ! ގެއަށް ދެވޭނެ އެއްގޮތެއްވެސް ނެތިފައި މީނީ.. އަމާރާ އަހަރެން ގެއަށް ގެންގޮސްދޭންވީނުން..!" ކުޑަދޮރުން ބޭރަށް އިޝާރާތްކޮށްފައި ޝައްޔާން ވާހަކަދެއްކީ ވަރަށް ހަމަޖެހިލާފަ އެވެ.
"ތިއީ ޝައްޔާން ޔޫސުފް ރައިޒާދް! އެއް ކާރު ނެތިއްޔާ އަނެއް ކާރު އޮންނާނެ..! ބަލައި އަންނަން އަވަހަށް ގުޅާ!" ޝައްޔާންގެ ގޮތް އެނގިގެން އަމާރާ ބުނެލި އެވެ.
"އެކަމަކު މިއަދު އަހަރެން ބޭނުމީ، އަމާރާގެ ފަހަތުގައި ސްކޫޓީގައި ގެއަށް ދާން!" ތުންކޮޅު އޫ ކޮށްލާފައި ޝޝައްޔާން ބުނެލީ ލޯބި ގޮތަކަށެވެ.
"އަ-ން-ބި-ލީ-ވަ-ބަ-ލް!" ދަތްކުނޑިވިކާފައި އަމާރާ ބުނެލި އެވެ.
ވަތްގަނޑުން ކުޑައެއް ނަގާފައި ޝައްޔާންއަށް ދިއްކޮށްލި އެވެ. އިތުރަށް ބެލުމެއްނެތި އަމާރާ ދިޔައީ ކެބިންތތެރެއިން އަވަހަށް ނިކުމެވޭތޯ އެވެ.
ދޮރުން ބޭރަށް އަމާރާ ފައި އެޅި ވަގުތު، މުޅި ކާއިނާތު ގުގުމާލީ ބާރުގަދަ ވިދުމަކާއެކު ގަދަފަދަ ގުގުރިއެއްގެ އަޑުންނެވެ.
އަމާރަށް ލިބުނު ޝޮކްގައި ހަރަކާތެއް ގެންނާންވެސް ނޭގިގެންއުޅެނިކޮށް، ކުއްލިޔަކަށް ފަހަތުން އަމާރާގެ މުޅޅި ހަށިގަނޑުގައި ޝައްޔާންގެ އަތް ވަށައިލައިފި އެވެ. ބުނާނެ އެއްޗެއް ނޭގުނެވެ. ހަދާނެ ގޮތެއް ނޭގުނެވެ. އަމާރާ ހުއްޓުނީ ސިކުނޑިވެސް އެވަގުތު މަސައްކަތް ނުކުރީތީ އެވެ.
މުޅި ހަށިގަނޑުވަނީ ހުއްޓިފަ އެވެ.
"ބިރުގަނޭތަ، ޑޮކްޓަރ؟" ޝައްޔާން ސުވާލުކުރި އެވެ.
ގުގުރީގެ އަޑު ކެނޑި، ލިބުނު ޝޮކުން ސަލާމާތްވެވުމާއެކު އަމާރާ މަސައްކަތްކުރީ ޝައްޔާން އަތުތެރެއިން ނިކުންނާށެވެ. ނަމަވެސް ޝައްޔާން ހުރީ އަމާންދޭ މޫޑަކު ނޫނެވެ. ކުރިއަށް ވުރެން ބާރަށް އަމާރާ ގައިގައި ޝައްޔާން ބައްދާލި އެވެ.
"އަހަންނަށް ހީވަނީ، މި ގާތްކަމާއި، އަހަރެންގެ މި ހަރަކާތަށް ޑޮކްޓަރ ވަރަށް ގަޔާވެއްޖެހެން..! ހޫމްމްމްމ..؟" އަމާރާގެ ކަންފަތުގައި ޝައްޔާންގެ ތުންފަތް ބީއްސާލަމުން ބުނެލި އެވެ.
ކުރެވުނު އިހްސާސްގައި އަމާރާގެ ހިތް، ކޮޅަށްޖެހި ގަދަ އަޑާއެކު ބާރަށް ތެޅެމުންދިޔަކަމެއް ޝައްޔާންއަށް އެނގޭކަށް އަމާރާ ބޭނުމެއް ނޫނެވެ.
"ޝައްޔާން- ދޫކޮށްލާ!"
"ރިލެކްސް! ވަރަށް ބާރަށް ގުގުރަމުން އެދަނީ..! ކުއްލިޔަކަށް މިހާ ބޮޑަށް މޫސުން ގޯސްވި ސަބަބެއް ނޭގެ! އަހަރެން މިތާގައި ހުއްޓައި އަމާރާ ބިރުގަންނާކަށް ނުޖެހޭނެ..!" ހިމޭންކަމާއެކު ޝައްޔާން ބުންޏެވެ. ކުރެވުނު އިހްސާސް ހިތަށް ގެންނާކަށްވެސް އަމާރާ ބޭނުމެއް ނޫނެވެ. އިހްސާސްވި އަމާންކަމާއި ރައްކާތެރިކަން ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟
..................
އަމާރާގެ މޫނު ރަތްވެފައިވަނީ، ތޫނުކަމާއެކު މޫނަށް އަމާޒުވަމުންދިޔަ ވާރޭގެ ފަލަ ތިކިތަކަކުން ނޫނެވެ. ދާދި ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާގެ ސަބަބުންނެވެ.
ދުއްވަމުން ދިޔަ ދިޔުމުގައި އެންމެ ފަހަރަކުވެސް އަމާރާ ފަހަތް ބަލައިނުލަ އެވެ.
ކުއްލިޔަކަށް ވިއްސާރަ ބޯކޮށްލައިފި އެވެ.
ޖެހިލުމެއް ނެތި ޝައްޔާން، އަމާރާގެ ހަށިގަނޑާއި ގާތްވެފައި، އުނަގަނޑުގައި ބާރަށް ބައްދާލައިފި އެވެ.
އަމާރާގެ ހަށިގަޑަށް އައި ބަދަލު ޝައްޔާން ދެނެގަތެވެ.
"ރިލެކްސް! ޖަސްޓް ކީޕިންގ ޔޫ ވަރމް..!" ވަޔާއި ހޫރެމުންދިޔަ އިސްތަށިތައް ދުރަށް ޖައްސާލާފައި ކަންފަތް ބުޑޑުގައި ޝައްޔާން ބުނެލި އެވެ.
ބުނާނެ އެއްޗެއް އަމާރާގެ ސިކުނޑިއަކަށްވެސް ހިތަކަށްވެސް ނައި އެވެ. އަޅާނުލުމަށްވުރެން ރަގަޅު ގޮތެއް ނެތްކަން އަމާރާ ނިންމި އެވެ. ނަމަވެސް ހުންގާނަށް އަންނަމުންދިޔަ ބާރު ޝައްޔާންގެ ވިސްނުން ތޫނު ސިކުނޑިން ދެނެގަތެވެ.
ފާއިތުވަމުންދިޔަ ކޮންމެ ސިކުންތެއްގެ ފައިދާ ޝައްޔާން އެންމެ ފުރިހަމައަށް ނެގި އެވެ. (ނުނިމޭ)