ފޮރިން މިނިސްޓަރު ހަލީލް މަޖިލިހަށް ހާޒިރުކުރަން ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ. މީކާއިލް މަޖިލިހަށް މި މައްސަލަ ހުށައަޅާފައި މިވަނީ ރައީސް މުއިއްޒު ބައްދަލުކުރެއްވީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ 'ޕްރިންސް' އަކާ ނޫންކަމަށް ބުނެ އަޑު ފެތުރިފައިވަނިކޮށެވެ. އަދި ރައީސް މުއިއްޒު އެ 'ޕްރިންސް' ބައްދަލުކުރި ކަމަށް ބުނެ ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިއުކުރި ހަބަރާއި އެކަމާއި ގުޅޭ ފޮޓޯތައް އެ ވެބްސައިޓުން ޑިލީޓްކޮށްފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބުރައީސް އަހުމަދު ނާޒިމް ވިދާޅުވީ ވަޒީރު ކޮންމެހެން ހާޒިރުވާންޖެހޭ ރަސްމީ އެހެން މަސައްކަތެއް މަޖިލީހަށް ހާޒިރުވާންޖެހޭ ވަގުތާ ދިމާވެގެން މަޖިލިހަށް ހާޒިރުވެެވެން ނެތްކަމަށެވެ. އެހެންކަމުން އެ ސުވާލު އެހެން ތާރީހަކަށް ފަސްކޮށް ދެއްވުމަށް ވަޒީރު އެދިވަޑައިގެންފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ދެން އެންމެ އަވަހަކަށް އެ ސުވާލު އެޖެންޑާ ކުރެވެން އޮތް ތާރީހެއްގައި އެ ސުވާލު އެޖެންޑާ ކުރާނެކަމަށެވެ.
މީކާއިލް މިނިސްޓަރު ހަލީލާއި ކުރަން ހުށައެޅި ސުވާލުތައް
ރައީސް މުއިއްޒާއި ސައުދީ އަރަބިއްޔާ ޕްރިންސް ހިޒް ރޯޔަލް ހައިނަސް ޕްރިންސް ފަހަދް ސައުދު އަލްޝަލަން ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ބުނީ މޭ މަހު ފަސްވަނަ ދުވަހުއެވެ. އަދި އެ ހަބަރާއި އެ ބައްދަލުވުމުގެ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓްގައި އެދުވަހު ޕަބްލިޝްވެސް ކުރިއެވެ. އެކަމަކު ފަހުންވަނީ އެ ހަބަރާ ފޮޓޯތައް ރައީސް އޮފީހުގެ ވެބްސައިޓުން ނަގައިފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;