
ފުލުހުން ބުނީ، އެއާޕޯޓުގެ ފަޔާ ބިލްޑިންގެ ވަށައިގެންވާ ބިއްލޫރިތައް ތަޅާލާފައިވާކަމާއި މިހާތަނަށް ބެލި ބެލުމުން އިމާރާތަށް ގެއްލުންދިނުމުގެ އިތުރުން، ހުޅުޖަންވެސް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު ހެނދުނު 07:47 ގައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މަގޫދޫ އެއާޕޯޓަކީ 2022 ވަނަ އަހަރު އެމްޓީސީސީއާ ހަވާލުކޮށްގެން ފެށި މަޝްރޫއެކެވެ. މިހާރު 50 ޕަސަންޓު މަސައްކަތް ވަނީ ނިމިފައެވެ. ރަންވޭ އަދި ޓަރމިނަލްގެ މަސައްކަތުގެ ބޮޑުބައި ނިންމާފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
އެއާޕޯޓުގެ މަސައްކަތްތައް މިވަގުތުވެސް ސައިޓުގައި ކުރިއަށްދާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މަގޫދޫ އެއާޕޯޓަކީ އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރާ އެއާޕޯޓެއްކަމަށާއި މިކަމަށްޓަކައި 30 ހެކްޓަރުގެ ބިން އެރަށުން ހިއްކާފައިވާކަން ފާހަގަކޮށްލެވެއެވެ.