ads
އއ. މާޅޮސް. ފުލުހުން އަންނަނީ ރަށުގެ އަތިރި ފަރާތް ބަލާ ފާސްކުރަމުން: ފޮޓޯ.: އއ. މާޅޮސް
އަބްދުއްރަހްމާން މަރާލުން: ރަށުގެ އަތިރިމަތި ބަލާ ފާސްކުރަނީ
އއ..މާޅޮހުގައި ރަހުމްކުޑަކޮށް މަރާލާފައި އޮއްވާ ފެނުނު އަބްދުއްރަހްމާންގެ މަރުގެ މައްސަލާގައި އެރަށުގެ އެކި ތަންތަން ފުލުހުން ބަލާ ފާސްކުރަން ފަށައިފިއެވެ.
Advertisement

އއ. މާޅޮހު އޯކިޑްމާގޭ އުމުރުން 65 އަހަރުގެ އަބްދުއްރަހްމާނަށް ހަމަލާދީފައި އޮއްވާ ފެނުނީ އިއްޔެ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އޭނާއަށް މަރުތޭލެއް ކަހަލަ އެއްޗަކުން ހަމަލާދީފައި ވަނީ އަބްދުއްރަހްމާން ނިދާފައި އޮއްވާކަމަށް ރަށު މީހުން ބުނެއެވެ. 

މި މަރާއި ގުޅިގެން މުޅި ރަށަށް ސިހުން ގެނުވާފައިވާއިރު ފުލުހުންގެެ ތަހުގީގު ބޮޑު ޓީމެއް ދަނީ އެރަށުގައި ހަރަކާތްޔެރިވަމުންނެވެ. 

ފުލުހުންގެ ޓީމުން މިއަދު ވަނީ ރަށުގެ އެކި ތަންތަން ބަލާ ފާސްކުރަން ފަށާފައެވެ. އެގޮތުން ރަށު ހުރަސްމަތި ފަރާތް އަތިރި ފުލުހުން އަންނަނީ ބަލާ ފާސްކުރަމުންނެވެ. 

ރަށު މީހުން ބުނީ އަބްދުއްރަހްމާން އަކީ އެންމެނާ ގުޅޭ މީހެއްކަމަށެވެ. އެހެންކަމުން އޭނާއަށް ރަށު މީހަކު ހަމަލާދީފާނެކަމަށް ރަށު މީހުންގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. 

އަބްދުއްރަހްމާންގެ ޕޯސްޓް ހެދުމަށް އިއްޔެ ވަނީ އޭނާގެ ހަށިގަނޑު މާލެ ގެނެސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް