ads
ބީއެމްއެލް ސްޑޫޓެންޓް ކާޑް
ބީއެމްއެލް ސްޓޫޑެންޓް ކާޑު: 10 ޕަސަންޓާ ހަމައަށް ޑިސްކައުންޓް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސްޓޫޑެންޓް ޑެބިޓް ކާޑު ބޭނުންކޮށްގެން ޕީއޯއެސް މެޝިންތަކުން ފައިސާ ދައްކާ ދަރިވަރުންނަށް 10 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ގޮތް ހަމަޖައްސައިފި އެވެ.
Advertisement

މި ކާޑު ބޭނުންކޮށްގެން އެކި ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި އަދި ބުކްޝޮޕްތަކުން ދަރިވަރުންނަށް ޑިސްކައުންޓް ލިބޭނެ އެވެ.

ބީއެމްއެލްގެ ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ދަރިވަރުންނަށް ޒިންމާދާރު ގޮތެއްގައި ފައިސާ ހަރަދުކުރަން ދަސްކޮށްދިނުމަށާއި މާލީ މިނިވަންކަން ދަސްކޮށްދިނުމަށެވެ. 

މި ކާޑަކީ ދެ އުމުރުފުރައަކަށް ބަހާލެވިފައިވާ ޑިޒައިނަކަށް ފަރުމާކުރެވިފައިވާ ކާޑެކެވެ. އެއީ 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށާއި 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. އަދި ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު އެ ދަރިވަރެއްގެ ސޭވިންގ އެކައުންޓަށް 0.5 ޕަސަންޓުގެ ރިބޭޓެއް ޖަމާކޮށްދެވޭނެ އެވެ.

ބެލެނިވެރިންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހެޅޭނެއެވެ. ބެލެނިވެރިންނަށް މިކާޑުގެ އެކައުންޓަށް ފައިސާ ފޮނުވުމާއި، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓުމާއި، ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން ފަދަ ހިދުމަތްތައް ވެސް އެޕް މެދުވެރިކޮށް ލިބޭނެ އެވެ. 

ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑަށް އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް މުއާމަލާތްކުރެވޭނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް