ads
އެކްސިޑެންޓު
2025 ޖުލައި 13: ތިން މަރާއެކު މުޅި ރާއްޖެ އެލާޓަށް!
ޖުލައި 13 ވަނަ ދުވަހަކީ ރާއްޖޭގައި ތިން މަރުގެ ހާދިސާ ހިނގި ދުވަހެއްގެ ގޮތުގައި ރެކޯޑުތަކަށް ލިޔެވިގެން ދިޔަ ދުވަހެކެވެ.
Advertisement

އެއް ދުވަހެއްގެ ތެރޭގައި ތިން ރަށެއްގައި މަރުގެ ތިން ހާދިސާ ހިނގުމާއެކު، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެދި، ސަލާމަތީ ކަންކަމަށް އިތުރު ސަމާލުކަމެއް ދިނުމަށް ގޮވާލެވުނެވެ. އއ. މާޅޮހުގައި، 65 އަހަރުގެ އަބްދުއްރަހުމާން އާދަމް ނިޔާވުމާއި، ގދ. ގައްދޫން ފުރައިގެން ގަމަށް ދިޔަ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދުގެ ހަށިގަނޑު ފެނުން، އަދި މާލޭގައި ހިނގި އެކްސިޑެންޓެއްގައި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވުން މިއީ އެދުވަހު ހިނގި ނުރައްކާތެރި ހާދިސާތަކެވެ.

your imageއއ. މާޅޮހުގައި ނިދާފައި އޮއްވައި ހަމަލާ ދިނުމުން މަރުވި އަބްދުއްރަހްމާން އާދަމް

އއ. މާޅޮހުގައި ހިނގި މާރާމާރީގެ ހާދިސާގައި އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ދަންވަރު ގަޑީގައި ހަމަލާއެއް ދިނުމާ ގުޅިގެން މަރުވެފައިވާކަން ފުލުހުންގެ ތަހުގީގަށް ކަށަވަރުވެފައިވެއެވެ. އަބްދުއްރަހުމާން މަރާލާފައިވާ ސަބަބު އަދިވެސް ސާފުވެފައި ނުވިނަމަވެސް، ފުލުހުންގެ ބޮޑު ޓީމެއް ތަހުގީގަށް މާޅޮހަށް ފޮނުވާފައިވެއެވެ. ދަރިއަކު ދިން މައުލޫމާތުގައި ބުނެފައިވަނީ އެރޭ ވަރަށް ފުންކޮށް ނޭވާލާ އަޑުއިވިގެން ގޮސް ބެލިއިރު އަބްދުއްރަހުމާން ހުރީ މަރަށް ތެޅެމުންކަމަށެވެ. ފުލުހުންގެ ތަހުގީގަށް އޮޓޮޕްސީ ހެދުމަށް އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނެސްފައިވެއެވެ.

ގދ. ގައްދޫން ފުރައިގެން ގަމަށް ދިޔަ 79 އަހަރުގެ ޒަކަރިއްޔާ މުހައްމަދު ގެއްލިގެން ހޯދަމުން ދިޔަތާ ތިން ދުވަސްވުމަށްފަހު، އެދުވަހުގެ 11 ހާއިރު ޒަކަރިއްޔާގެ ހަށިގަނޑު ގަމު ކޮޅުން ލައްގާފައި އޮއްވާ ފެނުނެވެ. ޒަކަރިއްޔާ ހޯދުމަށް ފުލުހުންނާއި ސިފައިން ކުރި މަސައްކަތުގައި ކަނޑުމަގުން 2307.99 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 3039.68 އަކަ ނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވެއެވެ. އަދި، ޒަކަރިއްޔާގެ ޑިންގީވެސް، ކަނޑުގެ އަޑިން ހޯދާފައިވެއެވެ.

your imageޒަކަރިއްޔާ މުޙައްމަދު

އެދުވަހުގެ އެންމެ "ޝޮކިން" ހާދިސާއަކީ ރޭ 8 ހާއިރު މާލޭ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއް، ދުވަމުން މަގު ހުރަސްކުރި މީހެއްގެ ގައިގަޔާއި ޕިކަޕެއްގައި ޖެހުމުން ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ނިޔާވި ހާދިސާއެވެ. އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އަދި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ. މި ހާދިސާއާއެކު މުޅި ރާއްޖޭގައި ހިތާމައިގެ ރާގު ޖެހުނެވެ.

your imageއަސްފާއާއި އޭނާގެ ދަރިފުޅު އަލްސަން 

ތަފާސް ހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ރާއްޖޭގައި 2,886 މަގުމަތީ އެކްސިޑެންޓް ހިނގާފައިވާއިރު، 2023 ވަނަ އަހަރާ އަޅާބަލާއިރު މިއީ 25 ޕަސަންޓުގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރު ރިކޯޑްކުރެވިފައިވަނީ 2,299 އެކްސިޑެންޓެވެ. ފާއިތުވި 5 އަހަރު ތެރޭގައި އެވްރެޖްކޮށް އަހަރަކު 9 މީހުން މަގުމަތީގެ އެކްސިޑެންޓުގައި ނިޔާވެފައިވެއެވެ. މިއީ ކޮންމެ 100,000 މީހުންގެ ތެރެއިން 1.6 މީހުންގެ ނިސްބަތެވެ.

މަގުމަތީގެ އެކްސިޑެންޓްތަކުގެ ބޮޑު ބައެއް ހިނގަނީ ސައިކަލް ދުއްވައިގެން އުޅޭ ފަރާތްތަކުގެ ބައިވެރިވުމާއެކުގައެވެ. ރާއްޖޭގައި ދުއްވާ އުޅަނދުފަހަރުގެ 89 ޕަސަންޓަކީ ދެފުރޮޅުލީ އުޅަނދުތަކެވެ. އެކްސިޑެންޓްތަކުގެ އަދަދު އެންމެ ގިނައީ ގްރޭޓަރ މާލެ ސަރަހައްދުގައެވެ. 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި 1,068 އެކްސިޑެންޓް ރިޕޯޓްކުރެވިފައިވާއިރު، މާލޭގައި 561 އެކްސިޑެންޓާއި ހުޅުމާލޭގައި 454 އެކްސިޑެންޓް ހިނގާފައިވެއެވެ.

your imageއަސްލަން ނިޔާވި އެކްސިޑެންޓް ހިނގި ސަރަހަދުގެ ފޮޓޯއެއް

މި ތިން މަރުގެ ހާދިސާތަކާ ގުޅިގެން، މުޅި ގައުމުވަނީ އެލާޓަށް އައިސްފައެވެ. ގިނަ ރައްޔިތުންނަށްވެސް އިތުރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި، ހާއްސަކޮށް މަގުމަތީގައި ފަރުވާތެރިވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް