
ފަލަސްތީނު ހެލްތް އޮފިޝަލުން ބުންޏެވެ. ޖުލައި 14، 2025 ދުވަހު ދިން މި ހަމަލާގައި 6 ކުޑަކުދިންނާއެކު ޖުމުލަ 10 މީހުން ޝަހީދުކޮށްލިއެވެ.. މި ހަމަލާއަކީ އެދުވަހު ގައްޒާގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ. މިއަދު ގައްޒާގައި ޖުމުލަ 50 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދު ވިއެވެ. މީގެތެރޭގައި ކޭމްޕުތަކުގައި ތިބި މީހުންނާއި އެހީ ބަހާ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުން ޝަހީދުވި މީހުންވެސް ހިމެނެއެވެ.
މީގެ ދެދުވަސް ކުރިން ޖުލައި 12 ގައި ރަފާ ކައިރީގައި ހުރި އިސްރާއީލް-އެމެރިކާ ސަޕޯޓް ލިބިގެން ހިންގާ ގައްޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ގެ އެހީ ބަހާ ކައިރީގައި 31 މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މި ހާދިސާގެ ސަލާމަތްވި މީހުންގެ ތެރެއިން އަބްދުﷲ އަލް-ހައްދާދު ބުނާގޮތުގައި އިސްރާއީލްގެ ޓޭންކުތަކުން މީހުންގެ ތެރެއަށް ވަނީ ބަޑިޖަހުމަށްފަހުއެވެ އަސާސީ ބޭނުންތައް ހޯދަން އުޅުނު އާންމުނަށް އަމާޒުކޮށް ދޭ މިފަދަ ހަމަލާތަކާމެދު ދުނިޔޭގެ އެކި ގައުމުތަކުން ފާޑުކިޔުންތައް އަމާޒުވަމުންދެއެވެ.