ads
އެންސްޕާގެ އިވެންޓެއްގައި އެ ކުންފުނީގެ ސީއީއޯ ހީނާ ވަލީދު ވާހަކަައްކަވަނީ
ޖޫންމަހު އެންސްޕާއިން ރާއްޖެއިން ބޭރަށް 17 މިލިއަން، ރާއްޖެއަށް 8 މިލިއަން
ޖޫން މަހު ބޭސްފަރުވާގެ އެހީގެ ގޮތުގައި އެންސްޕާއިން ފޯރުކޮށްދިން 25 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތެރެއިން ރާއްޖެއިން ބޭރަށް 17 މިލިއަން އަދި ރާއްޖޭގައި 8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.
Advertisement

ބޭސްފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ޖޫން މަހު ޖުމުލަ 25،811،205 ރުފިޔާ ހަރަދުކުރިއެވެ.

ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ނޭވާލާ ނިޒާމުގެ ބަލިތަކަށެވެ. މީގެ އިތުރުން މައިބަދައާއި ނާރުގެ ބަލިތައް، ކަށީގެ ބަލިތައް، ވިހެއުމާ ގުޅޭ ކަންކަން އަދި ކެންސަރު ބައްޔަށްވެސް ފައިސާ ހަރަދުކުރެވުނެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުން، އެންމެ މަދުން ހަރަދުވެފައިވަނީ ތެލަސީމިއާ ބައްޔަށެވެ.

ރާއްޖޭގެ ޕްރައިވެޓް ހޮސްޕިޓަލްތަކުން އެނދުމަތިކޮށްގެން ހޯދާފައިވާ ފަރުވާތަކަށް ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް މެދުވެރިކޮށް ޖުމުލަ 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެއެވެ. 

މީގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލް މެދުވެރިކޮށް ކޮންމެ ތަނަކަށް 3 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އަދި ޕްރައިވެޓް ހޮސްޕިޓަލްތަކުން އެންމެ ގިނައިން ފަރުވާ ހޯދާފައިވަނީ ކަށީގެ ބަލިތަކަށެވެ. 

ހަމައެއާއެކު، ބޭސްފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އާލާތްތަކާއި މެޝިންތައް ހޯދުމަށް މާލީ އެހީގެ ގޮތުގައި 2.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އެންސްޕާއިން ހާމަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް