ads
ރައީސް މުއިއްޒު ދިވެހި ވަތަނީ ހިދުމަތުގެ މުދައްރިބުންނާ ބައްދަލުކުރެއްވުން
ގައުމީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ޒުވާނުން ހޮވުމުގެ އިންޓަވިއު ފަށައިފި
ގައުމީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ޒުވާނުން ހޮވުމުގެ އިންޓަވިއު ފަށައިފިއެވެ.
Advertisement

މޯލްޑިވްސް ނޭޝަނަލް ސާވިސް މެދުވެރިކޮށް ހިންގާ މި ޕްރޮގްރާމަށް ފުރަތަމަ ބުރަށް 1،244 ޒުވާނުން ކުރިމަތިލާފައިވާ ކަމަށް އެ ފަރާތުން ބުންޏެވެ.

ޒުވާނުން ހޮވުމުގެ މަރުހަލާ އެންމެ ފުރަތަމަ ފަށާފައިވަނީ ކުޅުދުއްފުށި ސިޓީ، އދ. މަހިބަދޫ، ލ. ގަން އަދި އައްޑޫ ސިޓީ ހިތަދޫގައެވެ. މި މަރުހަލާގައި ކުރިމަތިލާފައިވާ ޒުވާނުން އިންޓަވިއުގެ އިތުރުން މެޑިކަލް ޓެސްޓްތަކާއި، އެޕްޓިޓިއުޑް ޓެސްޓް އަދި ފިޓްނެސް ޓެސްޓްތައް ވެސް ފުރިހަމަކުރަން ޖެހޭނެއެވެ. ފުރަތަމަ ބުރަށް ހޮވާނީ 350 ޒުވާނުން ކަމަށްވެސް މޯލްޑިވްސް ނޭޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވެއެވެ.

މުޅިން އަލަށް ރާއްޖޭގައި ތައާރަފްކުރާ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، އަދި ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތުން އުފެއްދުމެވެ. މީގެ އިތުރުން މަސައްކަތަށް އަހުލުވެރި، އަހުލާގު ރަނގަޅު ހަރުދަނާ ޒުވާނުން ބިނާކުރުން ވެސް ހިމެނެއެވެ. ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިމުމާއެކު، ލަސްތަކެއް ނުވެ ދެވަނަ ބުރު ފެށުމަށްވެސް މޯލްޑިވްސް ނޭޝަނަލް ސާވިސްއިން ވަނީ ރާވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް