ads
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
ކެންސަރު ހޮސްޕިޓަލްގެ އިދާރީ މަސައްކަތް ނިމިއްޖެ: މިނިސްޓަރު
ކެންސަރ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ އިދާރީ މަސައްކަތްތައް ނިމިފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

މިނިސްޓަރު މިހެން ވިދާޅުވީ ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އަހާ" ފޯރަމްގެ ހަވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ މަސައްކަތެއްކަމަށެވެ. އެގޮތުން މި މަސައްކަތް ވަށާޖެހޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެންމެ ބޮޑަށް އަމާޒު ހިފާފައިވަނީ ކެންސަރ ހޮސްޕިޓަލް ގާއިމް ކުރުން ކަމަށް ވިދާޅުވިއެވެ. "ކަރުދާހުގެ ލެވެލްގައި މިކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެ ނިމިފައި މިހާރު އެއޮތީ، މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. އިރާދަކުރެއްވިއްޔާ އަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ދުންފަތުގެ އިސްތިއުމާލުކުރުންފަދަ އެބައްޔަށް ހުށައެޅޭ ނޭދެވޭ އާދަތަކުން މުޖުތަމައު ދުރުކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް ވެސް އަޅާފައިވާ ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުމުން މުޖުތަމައު ދުރުކުރުމަށް، ޖެނެރޭޝަން ބޭނެއް ތައާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، ސިނގިރޭޓުން ނަގައި އިމްޕޯޓް ޑިއުޓީ ބޮޑުކޮށްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް