މިއީ 2024ގެ ޖަނަވަރީ މަހުން ފެށިގެން 240،000 އަށްވުރެ ގިނަ ކުދިން ސްކްރީންކޮށްގެން ހޯދާފައިވާ ހޯދުމެކެވެ. ކާޑު ބަލީގެ ރޭޓް މައްޗަށް ގޮސްފައިވަނީ 2025ގެ މާޗް 2 ގައި ގައްޒާގެ މައްޗަށް އިޒްރޭލުގެ ދަތިކުރުންތައް އިތުރުކުރުމުންނެވެ.
ޔޫއެންއާރްޑަބްލިޔޫއޭގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް، ޖުލިއެޓް ޓޮއުމާ ބުނީ ހަނގުރާމައިގެ ކުރިން ގައްޒާގައި ކާޑު ބަލި ނުވަތަ އެކިއުޓް މަލްނިއުޓްރިޝަން ވަރަށް މަދުން ފެންނަ ބައްޔެއްކަމަށެވެ.
ޔުނިސެފްއިން ވެސް ރިޕޯޓު ކުރާ ގޮތުން، 2025ގެ މޭ މަހު 5،800 އަށްވުރެ ގިނަ ކުދިންނަށް ކާޑު ބަލި ޖެހިގެން ޑޮކްޓަރަށް ދެއްކިއެވެ. މީގެ ތެރޭގައި 1،000 އަށްވުރެ ގިނަ ކުދިންނަށް ވަނީ ސިވިއާ އެކިއުޓް މަލްނިއުޓްރިޝަން ޖެހިފައިކަމަށް އެ އެޖެންސީން ބުނެއެވެ. މިއީ 2025ގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 150 ޕަސަންޓު އިތުރުވުމެކެވެ.