ads
ގައްޒާގެ ބޭބީ ނާސަރީއެއްގައި ތިބި ދުވަސް ނުފުރާ ވިހާފައި ތިބި ކުދިން
ގައްޒާގެ ބޭބީ ނާސަރީތަކުން ކަރަންޓު ކަނޑާލާ 100 އަށްވުރެ ގިނަ ކުޑަކުދިން މަރުވުމުގެ ބިރު
ގައްޒާގައި ތެލުގެ ދަތިކަން ބޮޑުވެ، ހޮސްޕިޓަލްތަކުގެ ބޭބީ ނާސަރީތަކުގައި ކަރަންޓު ކެނޑުމުގެ ސަބަބުން 100 އަށްވުރެ ގިނަ އުމުރުން ހަމަނުވާ ކުޑަކުދިން މަރުވުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާކަމަށް ދުނިޔޭގެ އެކި ޖަމާއަތްތަކުން ހާމަކޮށްފިއެވެ.
Advertisement

ގައްޒާއަށް މާޗު 2 ވަނަ ދުވަބުން ފެށިެގެން އިން ފެށިގެން އިސްރާއީލުން ތެޔޮ ވެއްދުން ހުއްޓުވުމުގެ ސަބަބުން އަލް-ޝިފާ އަދި ނާސަރު ހޮސްޕިޓަލްފަދަ ތަންތަނުގެ އިންކިއުބޭޓަރުތަކާއި ވެންޓިލޭޓަރުތައް ހިންގަން ބޭނުންވާ ކަރަންޓު އުފެއްދުމަށް ތެޔޮ ވަނީ ހުސްވާން ކަރިވެފައެވެ. 

އަލް-ޝިފާ ހޮސްޕިޓަލްގެ ފަރާތުން ފާހަގަކުރި ގޮތުގައި ތެޔޮ ލިބުން ހުއްޓިއްޖެނަމަ އޮކްސިޖަން ސްޓޭޝަންތަކާއި، ލެބުތަކާއި އަދި ބްލަޑް ބޭންކުތަކުގެ ހިދުމަތް ހުއްޓި ހޮސްޕިޓަލްތައް "މަންމަން ގަބުރުސްތާނުގެ" ގޮތަށް ވެގެން ހިނގައިދާނެކަމަށް ވަނީ އިންޒާރުދީފައެވެ. 

ތެލުގެ ދަތިކަމުގެ ސަބަބުން ޑޮކްޓަރުންނަށް ވަނީ އެއް އިންކިއުބޭޓަރގައި ގިނަ ކުދިން ބާއްވަންވެސް މަޖުބޫރުވެފައެވެ. މިއާއެކު ބްލޮކޭޑުގެ ސަބަބުން ބޭބީ ފޯމިއުލާވެސް ވަނީ ހުސްވެފައެވެ. ނާސަރު ހޮސްޕިޓަލުގެ ނިއޯނޭޓަލް ޔުނިޓުގައި މެޑިކަލް-ގްރޭޑުގެ ފޯމިއުލާ މިހާރު ވަނީ ހުސްވެފައެވެ.

މީގެ އިތުރުން ކުޑަކުދިންގެ ކެއުމުގެ ދަތިކަންވެސް ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ޔޫއެންއާރުޑަބްލިޔޫއޭއިން ފާހަގަކުރި ގޮތުގައި 2025 ގެ ޖަނަވަރީއިން ފެށިގެން އަހަރު ފަސް އަހަރުން ދަށުގެ ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކީ ކާޑު ބަލިޖެހިފައިވާކުއްޖެކެވެ. 2025 ގެ މޭ ހިސާބަށް 57 ކުދިން ވަނީ ކެއުމުގެ ދަތިކަމާ ގުޅުންހުރި ކަންކަމުގެ ސަބަބުން މަރުވެފައެވެ. ޔުނިސެފްގެ އަންދާޒާއެއްގެ މަތިން ހަ މަހަށްވުރެ ދަށުގެ 10،000 އާ ގާތްކުރާ ކުދިން އިތުރު ކާނާއަށް ބޭނުންވާއިރު، ކާނާގެ ސަޕްލައި ވަނީ އިންތިހާއަށް ދަށްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް