ads
ސިޔާމް އަދި ޒާރާ
އެންމެފަހުން ސިޔާމް ޒާރާ ވަރިކޮށްފި
މިދިޔަ ބޮޑު އީދުގެ ކުރީ ބޮޑު އީދުގައި ބ. ކަމަދޫން ގިނަ ބައެއްގެ ލޯބި ހޯދި ނެށުންތެރިޔާ އާމިނަތު ޒާރާއާ، ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް)ގެ ކައިވެނި ރޫޅާލައި ދެ މީހުން ވަރިވެއްޖެ އެވެ.
Advertisement

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ކުރި އެ ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ބ. ކަމަދުއަށް އުފަން ނެށުންތެރިޔާ އާއި ސިޔާމްގެ އެ ކައިވެނި ވެފައިވަނީ މި ފަހުން ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ކައިވެނި ޕާޓީއަށެވެ.

ސިޔާމްއާއި ޒާރާގެ ކައިވެނި "ރިވެތިގޮތުގައި، މަޝްވަރާއަށް ފަހުގައި" ރޫޅާލާފައިވާކަން، ސިޔާމްގެ އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސް މިއަދު ވަނީ ސޯޝަލް މީޑިއާގައި އިއުލާން ކުރައްވާފަ އެވެ.

ޒާރާއާ ސިޔާމް ކައިވެނިކުރިއިރު، ސިޔާމްގެ އުމުރުން 55 އަހަރެވެ. އަދި ޒާރާގެ އުމުރުން އޭރު 23 އަހަރެވެ. ސިޔާމް އާއި ޒާރާގެ ކައިވެނީގެ ހަފުލާ އޮތީ މާލެ އަތޮޅުގައި އޮންނަ ސިޔާމްގެ އޮޅުވެލި ރިސޯޓުގަ އެވެ. އެ ހަފުލާގައި ޒާރާގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ.

ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު މި ކައިވެނީގެ ރަނަކީ ގެސްޓް ހައުސްއެއް ކަމަށް ބުނެ އަޑު ފެތުރިފައިވީ ނަމަވެސް އެނގިފައިވާ ގޮތުގައި އެއީ ހަގީގަތާ ހިލާފު ވާހަކައެކެވެ. އެނގިފައިވާ ގޮތުގައި ޒާރާ ރަންކީ 2،024 ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް