ads
ކިއާރާ އަދި ސިދާތު
ސިދާރުތު މަލްހޯތްރާ އަދި ކިއާރާ އަދްވާނީ ފުރަތަމަ ދަރިފުޅު ލިބިއްޖެ
ބޮލީވުޑްގެ މަޝްހޫރު ޖޯޑު، ސިދާރުތު މަލްހޯތްރާ އަދި ކިއާރާ އަދްވާނީއަށް ފުރަތަމަ ދަރިފުޅު ލިބިއްޖެއެވެ.
Advertisement

 އިކޮނޮމިކް ޓައިމްސް އަދި ޒޫމް ފަދަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޖޯޑަށް މިއަދު މުންބާއީގެ ރިލަޔަންސް ހޮސްޕިޓަލްގައި އަންހެން ދަރިފުޅެއް ލިބިފައިވެއެވެ. ނަމަވެސް، މި ދެމަފިރިން އަދި ރަސްމީކޮށް މިކަން ހާމަކޮށްފައެއް ނުވެއެވެ.

މި ހަބަރު ސޯޝަލް މީޑިއާގައި ފެތުރުމާއެކު، ގިނަ ފޭނުން އަންނަނީ މި ދެ ތަރިއަށް މުބާރަކްބާދީ އަދި ހެޔޮ ދުއާތައް ފޮނުވަމުންދެއެވެ. ހާއްސަކޮށް ޓްވިޓާގައި އެކައުންޓްތަކުން ދެމަފިރިންނަށް އުފަލާއި ހެޔޮ އެދުންތައް ފާޅުކޮށްފައިވެއެވެ. މި ދެމަފިރިންނަކީ "ޝެރްޝާ" ފިލްމް މެދުވެރިކޮށް ފޭންސުންގެ ލޯބި ހޯދާފައިވާ، ވަރަށް ގާތް ކެމިސްޓްރީއެއް ދައްކުވައިދޭ ދެ ތަރިންނެވެ.

މި ދެ ތަރިން މިއަހަރުގެ ފެބްރުއަރީމަހު ދަރިއަކު ލިބޭނެކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައިވެއެވެ. އެ ޕޯސްޓްގައި ކުޑަކުދިންގެގެ ފޮޓޯއެއް ހިމަނައި، "އަހަރެމެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ހަދިޔާ، އަދި މާގިނަ ދުވަސް ނުވެ އަންނާނެ" މިފަދައިން ލިޔެފައިވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް